ދިވެހިރާއްޖެ
ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު |
ފެކަލްޓީ އޮފް އެޑިޔުކޭޝަން މާލެ، ދިވެހިރާއްޖެ. |
|
ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހިންގާ ކޯސްތަކުގައި 2019ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގައި ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައިދެއްވުމަށް ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ. |
||
މާއްދާ: |
މާއްދާ / މަސައްކަތް އޮންނަ ރަށް * އެސެންޝަލް އިންގްލިޝް (ENG213) / ރ.ދުވާފަރު * ސޯޝަލް ސައިންސް II(SOC301) / ކ.މާލެ |
|
ޝަރުތު: |
މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. |
|
އުޖޫރަ: |
400-300 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/275ރ.، 200 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/225ރ.ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ. |
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިފެކަލްޓީގެ ނަންބަރު 3345308 ފޯނާ ގުޅުއްވުން އެދެމެވެ. |
|
ސުންގަޑި: 2019 ސެޕްޓެމްބަރ 4 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް ފޮނުއްވާނީ [email protected]އަށެވެ. ނޯޓް: މިއަހަރު ފުރަތަމަ ސެމެސްޓަރގައި ޕާޓްޓައިމް ލެކްޗަރަރއިންގެ ގޮތުގައި ފެކަލްޓީގައި ކިޔަވައިދެއްވާފައިވާ ބޭފުޅުން ސިޓީއާއެކު އިތުރު މަޢުލޫމާތު ހުށަނޭޅުއްވިޔަސް އެޕްލިކޭޝަން ޤަބޫލުކުރެވޭނެއެވެ. |