ދިވެހިރާއްޖެ
ކޯރޕަރޭޓް ޓްރޭނިންގ މެޓީރިއަލްސް ތައްޔާރުކުރުން (ދެވަނަ ރައުންޑް)
ނަންބަރު:IUMH-AD/I/2019/19
އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން ބޭނުންވާ ކޯރޕަރޭޓް ޓްރޭނިންގ މެޓީރިއަލްސް ތައްޔާރުކުރުމަށް ކުރެވުނު އިއުލާން ނަންބަރ IUMH-AD/I/2019/16 އަށް ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން ކޯރޕަރޭޓް ޓްރޭނިންގ މެޓީރިއަލްސް ތައްޔާރުކުރުމަށް އިއުލާން ކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށް އެދެމެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 16 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022161 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ