ދިވެހިރާއްޖެ
އިޢުލާން
ތިރީގައި ބަޔާންކުރެވިފައިވާ 05 ރަށުގައި ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ އެންވަރަމަންޓް އިމްޕެކްޓެ އެސެސްމަންޓު ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
1- ކ.ކާށިދޫ
2- ޅ.ކުރެންދޫ
3- ރ.އަލިފުށި
4- ގަ.ދާންދޫ
5- ހއ.ކެލާ
ޝައުގުވެރިވާ ފަރާތްތަކަށް މިމަސައްކަތާއި ބެހޭ މަޢުލޫމާތު ޝީޓް މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ލިބިވަޑައިގަންނަވާނެކަމުގައި ދަންނަވަމެވެ. އަދި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 05 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 މި މިނިސްޓްރީގައި އޮންނާނެކަމުގައި ދަންނަވަމެވެ.
މި މަސައްކަތާއި ބެހޭ ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް 12 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑިއަށް ޙާޒިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންފްރަސްޓްރަކްޗަރ ޑިޕާޓްމަންޓް/ އެންވަރަމަންޓަލް މޮނިޓަރިންގ ޔުނިޓް
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 300400 ފެކްސް:3004301
އީ-މެއިލް: [email protected]
02 ސެޕްޓެމްބަރ 2019