ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެއިންޓެނެންސް އެސިސްޓެންޓް

އިޢުލާން

ނަންބަރު:WAMCO-HR/IUL/2019/ 062

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

މެއިންޓެނެންސް އެސިސްޓެންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން


އެސިސްޓެންޓް

މުސާރައާއި ޢިނާޔަތްތައް

މަހަކު -/8,000 އާއި -/ 12,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މެއިންޓެނެންސް ޑިޕާޓްމަންޓް

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛ ނުވަތަ،
  2. އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،
  3. ޖީސީއީ އޯލެވެލް ފުރިހަމަކުރުމަށްފަހު ، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  4. ވެހިކަލް ސްޕެއަރ ޕާޓްސްގެ ސްޓޮކް ބެލެހެއްޓުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  5. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
  6. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  7. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސުޕަވައިޒަރުގެ އިރުޝާދާއިއެކު ޕްރޮޕަޓީ އަދި ވެހިކަލް މެއިންޓެނެންސްއަށް ބޭނުންވާ ސްޕެއަރ ޕާޓްސް އަދި ތަކެއްޗަށް ރިކުއެސްޓް ކުރުން.
  2. ވެހިކަލް ސްޕެއަރ ޕާޓްސްގެ ގޮތުގައި ސްޓޮކްއަށް ގެނެވޭ ތަކެއްޗާއި ދޫކުރެވޭ ތަކެތީގެ ތަފްސީލް ބެލެހެއްޓުން.
  3. ވެހިކަލް ސްޕެއަރ ޕާޓްސްގެ ސްޓޮކް ދުވަހުން ދުވަހަށް ޗެކްކޮށް މަދުނުވާގޮތެއްގެ މަތިން ބެލެހެއްޓުން.
  4. މަހުން މަހަށް އަދި ދުވަހުން ދުވަހަށް ނިންމަންޖެހޭ ރިޕޯޓްތައް ނިންމައި އަހަރީ ރިޕޯޓް ތައްޔާރުކޮށް ސްޕެއަރ ޕާޓްސް އަދި އެހެނިހެން ތަކެތި ބޭނުންކުރެވޭ މިންވަރު ދެނެގަނެ ޖެހިގެން އަންނަ އަހަރަށް ބޭނުންވާނެ ތަކެތި ކުރިއަށް ލަފާކޮށް ތައްޔާރުވުން.
  5. މިނޫންވެސް ކުންފުނިން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއާއި އިމްތިޙާން

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
  4. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2019 ސެޕްޓެމްބަރ 05 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2019 ސެޕްޓެމްބަރ 09 ން 2019 ސެޕްޓެމްބަރ 15 އަށް ކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3000581 ފޯނަށް ގުޅުއްވުން އެދެމެވެ.

03 މުޙައްރަމް 1440

02 ސެޕްޓެމްބަރ 2019

 

02 ސެޕްޓެންބަރު 2019
ހޯދާ