ދިވެހިރާއްޖެ
އިޢްލާން
ކ.ހުރާ ރައްޔިތުންގެ އިންޖީނުގެއަށް އައު ޖަނަރޭޓަރެއް ގަތުމާގުޅޭ
ކ.ހުރާ ރައްޔިތުންގެ އިންޖީނުގެއަށް 1000 ކޭ.ވީ.އޭގެ ކަމިންސް ޖެންސެޓެއް (ބްރޭންޑް ނިއު) ގަތުމަށް އިޢުލާން
ކުރަމެވެ.
ވީމާ، މި އިޢުލާނާއި އެކު ހީރަސް ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ޖެންސެޓް ވިއްކަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު
ހުޅުވާލަމެވެ. އަދި މި ޖެންސެޓް ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން 05 ސެޕްޓެމްބަރ
2019 ވާ ބުރާސްފަތި ދުވަހުގެ 12:15 ގައި މި ކައުންސިލް އިދާރާގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށައެޅުމާއި ކެނޑުން އޮންނާނީ
11 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 12:15 ގައި މި ކައުންސިލް އިދާރާގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6640074 /
7993018 ފޯނާއި ގުޅުއްވުން އެދެމެވެ. އަދި ކައުންސިލްގެ އީމެއިލް އެޑްރެސް ([email protected]) އަށް މެއިލް
ކުރައްވައިގެންވެސް އިތުރު މަޢުލޫމާތު ހޯއްދެވޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.