ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.އޮމަދޫ ގޮއެ (ރައްޔިތުންގެ ރުއްގަސް)، ކުއްޔަށް ދިނުމާއި ބެހޭ.

             މިރަށު ރައްޔިތުންގެ ރުއްގަސް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަމްބަރ: (IUL)394/394/2019/51  އިޢުލާނާއި ގުޅިގެން އަގުހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅުއްވި ފަރާތުން އެގްރީމަންޓްގައި ސޮއިކުރުމުގެ ކުރިން ރުއްގަސް ދޫކޮށްލާފައިވާތީ އެ އިޢުލާނު ބާޠިލްކޮށް، މިދެންނެވި ރުއްގަސް ކުއްޔަށްހިފަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަގުހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން، 9 ސެޕްޓެމަބަރ 2019 ވާ ހޯމަ ދުވަހު 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކުއްޔަށް ހިފަން ބޭނުންވާ އަގު ބަޔާންކޮށް 12 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހު 10:00 އަށް މިއިދާރާއަށް ދުރުވެ ސިޓީ ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ސެޕްޓެންބަރު 2019
ހޯދާ