ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2019/57)
އިޢުލާން
ރ. އަތޮޅު ޤުރުއާން މުބާރާތް 2019
މިކައުންސިލްގެ ނަމްބަރ: (IUL)303-AS/2019/36 ( 16 ޖޫން 2019 )ގެ އިއުލާނާއި ގުޅިގެން ރ. އަތޮޅު ޤުރުއާން މުބާރާތުގެ ޤަވާޢިދަށް ގެނެވުނު ބަދަލާއެކު އެއިއުލާން ބާތިލްކޮށް އަލުންފުރުސަތު ހުޅުވާލަމެވެ.
ރ. އުނގޫފާރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރ. އަތޮޅު ޤުރުއާން މުބާރާތް ބާއްވާ ތާރީޚަކީ މިއަހަރުގެ ނޮވެމްބަރ މަހުގެ 15 ން 20 އަށް ކަމަށް ރ. އަތޮޅު ކައުންސިލް އިދާރާ އިން ވަނީ އިޢުލާން ކުރައްވާފައެވެ. އަދި މި މުބާރާތުގައި ރ. އަތޮޅުގެ ރަށްރަށުންގެސްކޫލްތަކުގެ ބައިން ފޮތުން ކިޔެވުމުގެ ބައިން 5 ބައިވެރިން، ހިތުން ކިޔެވުމުގެ ބައިން 5 ބައިވެރިން، ޢާއްމު ބައިން ފޮތުން ކިޔެވުމުން 3 ބައިވެރިން، ހިތުން ކިޔެވުމުގެ ބައިން 3 ބައިވެރިން ، ޙާފިޘުންގެ ބައިން 1 ބައިވެރިން ބައިވެރި ވެވޭގޮތަށް ރ. އަތޮޅު ޤުރުއާން މުބާރާތުގެ ޤަވާޢިދަށް ބަދަލުގެނެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 14.00 ގެ ކުރިން އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުމަށް އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށް މިއިދާރާއިން ކަމުގައި ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި އޮޑިޝަނެއް ބޭއްވުމަށްފަހު އެންމެ ރަގަޅު ބައިވެރިން ނަގާ އަތޮޅު މުބާރާތަށް ފޮނުވުމަށް ކައުންސިލުން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 މުހައްރަމް 1440
02 ސެޕްޓެންބަރ 2019