ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ ހޯދުމަށް

އިޢުލާން

މިކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް މީހަކުހޯދުމަށްޓަކައި ކުރެވުނު މިކޯޓުގެ ނަންބަރ  Q10C-A/2019/08 (02 ޖޫން 2019 ) އިޢުލާނުގައިހިމެނޭ ޝަރުޠުތަކުގެ ތެރެއިން ބައެއް ޝަރުޠު އުނިކުރެވިފައިވާތީ ، އެއިޢުލާން ބާޠިލްކޮށް އަލުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރ:Q10C-A/2019/11

ތާރީޚް:29 އޮގަސްޓް 2019

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:-   GS3        

އަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/4465

އެލަވަންސް

-   ސާރވިސް އެލަވަންސް -/1500 ރ.

-   ޖުޑީޝަލް އެލަވަންސް: މުސާރައިގެ %35

-   ލިވިންގ އެލަވަންސް: -/2550 ރ.

-   ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

-   ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

1-  މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއި އެކު ، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއި އެކު ، ސެކަންޑްރީ ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ، ނުވަތަ

2-  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއި GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

1-  އެކި ޚިދުމަތްތަކަށް ކޯޓަށް ޙާޟިރުވާ މީހުންނާއި ކުރަންޖެހޭ މުޢާމަލާތް ކުރުމަށް ކައުންޓަރުގައި މަސައްކަތްކުރުން.

2- އަތޮޅުގެ ކޯޓްތަކުގެ މުވައްޒަފުންގެ އެންމެހައި ކަންތައްތަކުގެ ތެރެއިން ވެރިކަން ކުރާ ރަށުކޯޓުން ކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުން.

3-  މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީ ރެކޯޑްސްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

4- މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ޕީއޭ ފޯމް ތައްޔާރުކުރުމާއި ، ޕާރސަނަލް ފައިލް އަޕްޑޭޓްކޮށް ބެލެހެއްޓުން.

5- ޑިއުޓީ އުޞޫލުން މަސައްކަތްކުރައްވާ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކުރުން.

6- ގދ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓްތަކުގެ ފައިސާއާއި ބެހޭ ކަންތައްތައްތަކުގެ ތެރެއިން ވެރިކަންކުރާ ރަށުގެ ކޯޓުން ކުރުމަށް ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.

7- ކޯޓަށް ބަލައިގަންނަ ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ މަސައްކަތްކުރުން.

8- މިކޯޓާއި އަތޮޅުގެ މެޖިސްޓްރޭޓް ކޯޓްތަކުގެ މަރާމާތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

9-  ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން.

10-            އިދާރީ ގޮތުން އަންނަ މެސެޖް / ސިޓީތަކަށް ޖަވާބް ތައްޔާރުކުރުމާއި ލިޔުންތައް ފައިލްކުރުން.

11-   ކޯޓުން ތައްޔާރުކުރަންޖެހޭ އިދާރީ ރިޕޯޓުތައް ތައްޔާރުކުރުން.

12-   ކޯޓުން ބަލަހައްޓަންޖެހޭ ޝަރުޢީ / އިދާރީ ރެކޯޑުތައް ފުރިހަމަކޮށް ބެލެހެއްޓުން.

13-   ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.

14-   ކޯޓުގައި އިދާރީގޮތުން ކުރުމަށް ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1-  ޝަރުއީދާއިރާގެ ވަޒީފާއަށް އެދޭ ފޯރމް.

2-  ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.(އަސްލާއި އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ.)

4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާއެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު ).

5-  ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ފުރިހަމަ ކުރި މަރުކަޒަކުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (އަސްލާއި އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ.)

6-    (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއެއްގައި އުޅެފައި ނުވަތަ އުޅޭ ފަރާތެއްނަމަ އަދާ ކުރި ނުވަތަ އަދާ ކުރާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި ވަޒީފާ އަދާކުރިގޮތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި:

10 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން .( އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.)

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

-      އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި ، ތަޖުރިބާ އާއި ، މަސައްކަތަށް ބޭނުންވާ ހުނަރާއި ، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ :-

  • ލިބިފައިވާ ތަޢުލީމް: %30
  • މަސައްކަތުގެ ތަޖުރިބާ:
  • އިންޓަރވިއު %50
  • މަސައްކަތަށް ބޭނުންވާ ހުނަރު:

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

-      ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ފަރާތަކަށްވުން

-      އަތޮޅުގެ ކޯޓްތަކަށް ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.

-      އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއި އެކު މުޢާމަލާތްކުރަން އެނގޭ ފަރާތަކަށްވުން.

-      ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން މަތީ ތަޢުލީމް ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-      މައިކްރޯސޮފްޓް އޮފީސް ، ކޮރަލް ފަދަ ޕްރޮގްރާމްސްތައް ފަރިތަކަމާއެކު އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.

-      ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި އަދި ޝަރުއީ ދާއިރާގައި ހެދިފައި ހުންނަ  ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.

-      އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި ، ޙާޟިރީ އާއި މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

-      ދައުލަތުގެ އިދާރާއަކުން ނުވަތަ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު

-      މިމަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓުގެ ކައުންޓަރުން ލިބެންހުންނާނެވެ.

-      އީމެއިލްގެ ޒަރީޢާއިން ހުށަހެޅޭ ވަޒީފާއަށް އެދޭފޯމްތައް ބަލައިނުގަނެވޭނެއެވެ.

-      މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

-      އިންޓަރވިއު އަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް  ދެންނެވީމެވެ.

29 އޮގަސްޓް 2019
ހޯދާ