ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަވަށު އޮފީހުގައި ބޭނުންކުރުމަށް 1 ޓަނުގެ 03 ޕިކަޕް ގަންނަން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 01 ސެޕްޓެމްބަރ 2019 އާދީއްތަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 05 ސެޕްޓެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައާއި އަވަށު އޮފީސްތަކުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.
ބީލަންތައް ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 09 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 12 ސެޕްޓެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:30ގައި ކައުންސިލްގެ އިދާރާގެ ހޯލްގައި ، ހުޅުދޫ އަދި މީދޫ އަވަށު އޮފީހުގައެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 02 އޮގަސްޓް 2019 ވާ ހޯމަ ދުވަހުން ފެށިގެން 11 ސެޕްޓެންބަރު 2019 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 11 ސެޕްޓެންބަރު 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.
އީމެއިލް: [email protected]
ކޮޕީ : [email protected]
28 ޒުލްހިއްޖާ 1440