ދިވެހިރާއްޖެ
މާލެ ސަރަހައްދުގެ ރަށްތަކަށް ކަނޑުމަގުން އެސްޓީއޯގެ މުދާ ގެންގޮސްދޭނެ ފަރާތެއް (ދޯނި/ބޯޓް) ހޯދަން ބޭނުންވެއްޖެ
އެކެއް (1) އަހަރު ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދުގެ ރަށްތަކަށް ކަނޑުމަގުން އެސްޓީއޯގެ މުދާ ގެންގޮސްދޭނެ ފަރާތެއް (ދޯނި/ބޯޓް) ހޯދަން އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2019 ސެޕްޓެމްބަރ 05 ވާ ދުވަހު 1000 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2019 ސެޕްޓެމްބަރ 05 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2019 ސެޕްޓެމްބަރ 08 ވަނަ ދުވަހު 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2019 ސެޕްޓެމްބަރ 09 ވާ ދުވަހުގެ 1400 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2019 ސެޕްޓެމްބަރ 09 ވަނަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ ސެޕްޓެމްބަރ 12 ވަނަ ދުވަހު 1400 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344180، 3344374
ފެކުސް: 3344633
އީމެއިލް: [email protected]
29 އޮގަސްޓް 2019
