ދިވެހިރާއްޖެ
ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމު ކޮށްފައިވާ ސައިޓުތަކުގައި ހުރި ބައެއް ޓޭންކުތަކުގެ ކެލިބަރޭޝަން މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނު (FSM-ADV-2019/054) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މަޢުލޫމާތު ސާފުކުރުން: 01 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި
- ބީލަން ހުށަހެޅުމާއި ހުޅުވުން: ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 05 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެކަމުގައިވެސް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.