ދިވެހިރާއްޖެ
ނަންބަރު:(IUL)438-WMPC/438/2019/236
އިޢުލާން
އިންޑަސްޓްރިއަލް ވޭސްޓް ސްޓޯރޭޖް ޓެންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ވާރލްޑް ބޭންކު ގުޅިގެން ހިންގާ 'މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް' ބޭނުމަށް އިންޑަސްޓްރިއަލް ވޭސްޓް ޓެންޓް (2 ޓެންޓް) އިންސްޓޯލް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 9 ސެޕްޓެމްބަރ 2019 އަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 13:00 އާއި ދެމެދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ރިސެޕްޝަންގައެވެ. އަދި މިމުއްދަތު ތެރޭގައި އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ރެޖިސްޓަރ ވާން އެދިލައްވާ ފަރާތުގެ ނަން އަދި ގުޅޭނެ ނަންބަރު ބަޔާންކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވިދާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުން
މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޙުން ފެށިގެން އިން 11 ސެޕްޓެމްބަރ 2019 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected]އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 2000.00 (ދެ ހާސް) ދިވެހި ރުފިޔާގެ ބިޑް ސެކިޔުރިޓީއެއް ބީލަން ފޮތުގައިވާ ގޮތައް ހުށަހަޅަންވާނެއެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 17 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި، މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11.00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތައް ބޭނުންވާ ޑޮކިޔުމަންޓް ތައް (ޑްރޯއިންގްސް، ބީ.އޯ.ކިއު އަދި ބިޑް ޑޮކިޔުމަންޓް) ގެޒެޓްގައި ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ނޯޓް:
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން، މާފަންނު / މާލެ، 20392 ދިވެހިރާއްޖެ.
ނަންބަރ: 3018435
29 އޯގަސްޓް 2019
