އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަބްލިއުޑީސީ އިން ހިންގާ "ތުނޑުކުނާ ވިޔަން ދަސްކޮށްދޭ ކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން "ތުނޑުކުނާ ވިޔަން ދަސްކޮށްދޭ ކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރ:(IUL)426-CA/426/2019/231އެކަށީގެންވާ އަދަދަށް ޕްރޮޕޯސަލް ހުށަހަޅާފައި ނުވުމާއިއެކު، މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. 

 

ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު - .

 

- ކޯސް ނިމޭއިރު ދަރިވަރުންނަށް ހާސިލް ވާނޭ މިންވަރު.

 

- ކޯސް ކުރިޔަށް ގެންދާނެގޮތް.

 

- ކޯހުގެ މުއްދަތު.

 

- ކޯސް ހިންގައިދޭނޭ އަގު.

 

 

 

މާރކްސް ދެވޭނެގޮތް :

 

- އަގު %30

 

- ތަޖުރިބާ %30

 

- މުއްދަތު %20

 

- ހުށަހެޅުން %20

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 5 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 13:00 ގެފަހުން ގެންނަ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ޕްރޮޕޯސަލް އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެއިލް އެޑްރެސް   [email protected]   އަށްވެސް ފޮނުވިދާނެއެވެ.

 

27 ޜުލްހިއްޖާ 1440   

29 އޮގަސްޓް 2019
ހޯދާ