ދިވެހިރާއްޖެ
އިޢުލާން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާ އާއި 57 ވަނަ މާއްދާގެ ދަށުން، ކޮންމެ ރަށު ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނަ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 20 އޯގަސްޓް 2019 ގައި ބޭއްވުމަށް އިއުލާން ކުރެވިފައި ވީނަމަވެސް ކޮމިޓީއަށް މެމްބަރުން އައްޔަންކުރާ ޖެހޭ އަދަދަށް ކެނޑިޑޭޓުން ކުރިމަތިލާފައި ނުވާތީ، 08 ސެޕްޓެމްބަރ 2019 ވާ (އާދިއްތަ) ދުވަހު އިންތިހާބު ބޭއްވުމަށް ވަނީ ފަސްކުރެވިފައެވެ.
ޤަވާއިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤަވާއިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މިދަންނަވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކުންކުރެ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް، 27 އޯގަސްޓް 2019 ވާ (އަންގާރަ) ދުވަހުގެ ހެނދުނު 08:00 ން ފެށިގެން 05 ސެޕްޓެމްބަރ 2019 ވާ (ބުރާސްފަތި) ދުވަހުގެ މެންދުރުފަހު 13:30 އާ ހަމައަށް މުއްދަތު ވަނީ އިތުރު ކުރެވިފައެވެ.
- ޤަވާއިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤަވާއިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.
(ހ) އެރަށެއް ނުވަތަ އެސިޓީއެއްގެ އަންހެނުންގެ ތެރެއިން މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރުވެފައިވާ، ބުއްދި ސަލާމަތުންހުރި ދިވެހި ރައްޔިތެއް ކަމުގައިވުން.
(ށ) އެރަށެއްގައި ނުވަތަ އެސިޓީއެއްގެ އިންތިޚާބީ ދާއިރާއެއްގައި ރަށްވެހިވެ ދިރިއުޅޭ މީހަކު ކަމުގައިވުން.
(ނ) ދިވެހިރާއްޖޭގެ އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކު ކަމުގައިވުން.
(ރ) ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޛު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
(ބ) ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.
(ޅ) އެއްވެސް މީހަކަށް އަދި ކުޑަ ކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައި ނުވުން.
(ކ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
(އ) ފުލްޓައިމް ދަރިވަރަކު ކަމުގައި ނުވުން.
(ވ) ވޭތުވެދިޔަ 5 އަހަރު ތެރޭގައި އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެ އެހުކުމް ތަންފީޛުކޮށްފައިވާ މީހަކަށް ނުވުން.
(މ) ރައްޔިތުން އިންތިޚާބު ކޮށްފައިވާ މަޤާމެއްގައި ހުރި މީހަކު ކަމުގައިނުވުން.
2. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި، ރަށު އިލެކްޝަން ކޮމިޓީއަށް ހުށަހަޅަން ވާނެއެވެ.
(ހ) ފުރިހަމަ ނަން
(ށ) އުފަން ތާރީޚް
(ނ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު. (ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީއަކާ އެކު)
(ރ) ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭ ގޮތަށް)
(ބ) މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭ ގޮތަށް)
(ޅ) އިންތިޚާބަށް ކުރިމަތިލާ ކޮމިޓީ ހިމެނޭ ކައުންސިލް
(ކ) ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމްތަކުގެ ނަން
(އ) އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ 250/- (ދުއިސައްތަ ފަންސާސް) ރުފިޔާގެ ޑިޕޮޒިޓް ފައިސާ (ނަގުދު ފައިސާއިން)
(ވ) އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން
(މ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ރަށު/ސިޓީ އިލެކްޝަން ކޮމިޓީއަށް ހުށަހަޅާ މައުލޫމާތާއި ތަކެއްޗަކީ ޞައްޙަ މައުލޫމާތާއި ތަކެތި ކަމަށާއި، ޤަވާއިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤަވާއިދު) ގެ 8 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ މީހެއްކަމަށް (އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ) އިޤުރާރުވެ އެ އިޤްރާރް.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 27 އޯގަސްޓް 2019 ވާ (އަންގާރަ) ދުވަހުގެ ހެނދުނު 08:00 ން ފެށިގެން 05 ސެޕްޓެމްބަރ 2019 ވާ (ބުރާސްފަތި) ދުވަހުގެ މެންދުރުފަހު 13:30 އާ ހަމައަށް ކަމުގައި ދަންނަވަމެވެ. ފޯމު ހުށަހަޅަން ވައިޑައިގަންވާ ފަރާތަކީ އިންތިހާބަށް ކުރިމަތިލައްވާ ފަރާތް ނޫން އެހެން ފަރާތެއްނަމަ ނަމަ، ފޯމު ހިފައިގެން ވަޑައިގަންނަވާ ފަރާތުގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުން އޮނާނީ 08 ސެޕްޓެމްބަރ 2019 ވާ (އާދިއްތަ) ދުވަހުގެ ހެނދުނު 9:00 ން ހަވީރު 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓުގެ ތެރޭގައެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.