ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޓްރައިބިއުނަލް އޮފިސަރ

 

 

ޓެކްސް އެޕީލް ޓްރައިބިއުނަލް

މާލެ، ދިވެހިރާއްޖެ

(IUL)223/1/2019/06 :ނަމްބަރ

ވަޒީފާގެ ފުރުޞަތު

  ނަމްބަރ: (IUL)223/1/2019/06

 

މަޤާމް:

އެސިސްޓެންޓް ޓްރައިބިއުނަލް އޮފިސަރ

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ލީގަލް އެންޑް އެސެސްމަންޓް

މުސާރަ، ޢިނާޔަތްތަކާއެކު:

މަހަކު: -/9,100 ރުފިޔާ

އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުން.

- މައްސަލަތައް ހަލުވިކަމާ، ފުރިހަމަކަމާއެކު ބަލާ ނިންމުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.

- މައްސަލަތަކާ ގުޅިގެން މެންބަރުންނަށާއި، ރެޖިސްޓްރަރއަށާއި، ލީގަލް އޮފިސަރުންނަށް ދޭންޖެހޭ އިދާރީ ސަޕޯރޓް ދިނުން.

ޝަރުތު:

 

- އޭލެވެލް ދެ މާއްދާއާއި އޯލެވެލް އިނގިރޭސި އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި މިމާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.  ނުވަތަ

- އޯލެވެލް ހަތަރު މާއްދާއާއި (އިނގިރޭސިއާއެކު) އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި، އިސްލާމް މި މާއްދަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅުއްވަންޖެހޭ ތަކެތި:

  1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ: (ވަޒީފާއަށް ހޮވޭ ފަރާތަކުން، ވަޒީފާ ހަމަޖެއްސުމުގެ ކުރިން އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ.)

 2. ވަޒީފާއެއްގައި އުޅުއްވާ، ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. (ވަޒީފާގެ މަސްއޫލިއްޔަތު، އެވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް.)

 3. ކަރިކިއުލަމް ވިޓާ (ސީވީ)

 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 

        ވީމާ މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 05 ސެޕްޓެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މި ޓްރައިބިއުނަލަށް (މއ. ޖަންބުގަސްދޮށުގެ 3 ވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް އިންޓަރވިއު ކުރުމަށް ދަންނަވާނީ ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ސޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށްއެދޭ ފޯމް މި ޓްރައިބިއުނަލުންނާއި އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓްwww.tat.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ.

 

28 ޛުލްޙިއްޖާ 1440

29 އޮގަސްޓް 2019

29 އޮގަސްޓް 2019
ހޯދާ