ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ނިލަންދޫ ފުޓްބޯޅަދަނޑުގައި ޓާފް އެޅުމުގެ ކުރިން ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތްތެއް ހޯދުން

ފ.ނިލަންދޫ ފުޓްބޯޅަދަނޑުގައި ޓާފް އެޅުމުގެ ކުރިން ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތްތެއް ހޯދުން

 

ފ.ނިލަންދޫ ފުޓްބޯޅަދަނޑުގައި ޓާފް އެޅުމުގެ ކުރިން ކުރަން ހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން ނުވަތަ އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތާގުޅޭ ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ފޭސްބުކް ޕޭޖުންނާއި، ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2019 ސެޕްޓެމްބަރ 01 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑިގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.  މިއިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް މީޓީން 2019 ސެޕްޓެމްބަރ 5 ވަނަ ދުވަހުގެ 10:00 ގައި މިއިދާރާގައި އޮންނާނެއެވެ.

ވީމާ، 2019 ސެޕްޓެމްބަރ 16 ވަނަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން www.fncl.gov.mv ޑައުންލޯޑު ކުރެއްވޭނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢްލާން ކުރީމެވެ.

29 ޛުލްޙިއްޖާ 1440

29 އޮގަސްޓް 2019

29 އޮގަސްޓް 2019
ހޯދާ