އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަބްލިއުޑީސީ އިން ހިންގާ "އެވޭލާ ޒަމާނުގެ ރަހަތަށް ތައްޔާރުކުރަން ދަސްކޮށްދޭ ކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީއިން "އެވޭލާ ޒަމާނުގެ ރަހަތައް ތައްޔާރު ކުރަން ދަސްކޮށްދޭ ކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރ: (IUL)426-CA/426/2019/233 އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވުމާއިއެކު، މި ދެންނެވުނު އިޢުލާން ބާޠިލުކޮށް މި ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

 

 

ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު - .

 

- ކޯސް ނިމޭއިރު ދަރިވަރުންނަށް ހާސިލް ވާނޭ މިންވަރު.

 

- ކޯސް ކުރިޔަށް ގެންދާނެގޮތް.

 

- ކޯހުގެ މުއްދަތު.

 

- ކޯސް ހިންގައިދޭނޭ އަގު.

 

 

 

މާރކްސް ދެވޭނެގޮތް :

 

- އަގު %30

 

- ތަޖުރިބާ %30

 

- މުއްދަތު %20

 

- ހުށަހެޅުން %20

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 05 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި  ދުވަހުގެ 11:00 އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 11:00ގެ ފަހުން ގެންނަ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ޕްރޮޕޯސަލް އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެއިލް އެޑްރެސް[email protected]   އަށް ވެސް ފޮނުވިދާނެއެވެ.

27 ޛުލްހިއްޖާ 1440   

29 އޮގަސްޓް 2019
ހޯދާ