ދިވެހިރާއްޖެ
ނަންބަރު: IUL)32-HRD/1/2019/70)
އިޢުލާން
ސްޓިއަރިންގ ކޮމިޓީ ފޮރ ނޭޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭންގައި ސިވިލް ސޮސައިޓީ ތަމްސީލުކުރާނެ މަންދޫބުން ހޮވުން
އެޓަރނީ ޖެނެރަލްގެ އޮފީހުން އެކުލަވާލަމުންގެންދާ ނޭޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭންގެ މަސައްކަތްތައް ކުރުމަށްޓަކައި އެކުލަވާލާފައިވާ "ނޭޝަނަލް ސްޓިއަރިންގ ކޮމިޓީ ފޮރ ނޭޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭން" ގައި ހިމެނޭ ސިވިލް ސޮސައިޓީގެ ދެ މަންދޫބުން އަލުން ހޮވުމަށް ބޭނުންވެއެވެ. އެހެންކަމުން، ނޭޝަނަލް ސްޓިއަރިންގ ކޮމިޓީގައި ސިވިލް ސޮސައިޓީތައް ތަމްޞީލުކުރުމަށް ކުރިމަތިލެއްވުމަށް ބޭނުންވާ ސިވިލް ސޮސައިޓީތަކުން، މަންދޫބެއް ނޮމިނޭޓް ކުރައްވައި، އެ ފަރާތުގެ ނަމާއި ސީވީ 5 ސެޕްޓެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ފޮނުވައިދެއްވުމަށް ދަންނަވަމެވެ.
އަދި ހަމައެއާއެކު، ސްޓިއަރިންގ ކޮމިޓީގައި ސިވިލް ސޮސައިޓީ ތަމްސީލުކުރާނެ މަންދޫބުން ހޮވުމަށްޓަކައި 16 ސެޕްޓެމްބަރު 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި ބައްދަލުވުމެއް އޮންނާނެ ވާހަކަ ދަންނަވަމެވެ. ސްޓިއަރިންގ ކޮމިޓީގައި ސިވިލް ސޮސައިޓީ ތަމްޞީލުކުރާނެ މަންދޫބުން ހޮވާނީ، މި ބައްދަލުވުމަށް ވަޑައިގަންނަވާ ސިވިލް ސޮސައިޓީ ތަމްޞީލްކުރައްވާ ފަރާތްތަކުގެ މެދުގައި ނެގޭ ވޯޓަކުންނެވެ. ވީމާ، ސްޓިއަރިންގ ކޮމިޓީގައި ސިވިލް ސޮސައިޓީ ތަމްޞީލްކުރާނެ މަންދޫބުން ނޮމިނޭޓްކުރުމަށް ހުޅުވާލައި، ސިވިލް ސޮސައިޓީ ތަމްޞީލުކުރާނެ މަންދޫބުން ހޮވުމަށް ބާއްވާ ބައްދަލަވުމަށް ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ އެންމެހައި ޖަމްޢިއްޔާތަކަށް ދަޢުވަތު އަރުވައި އެވާހަކަ ދެންނެވީމެވެ.
27 ޛުލްޙިއްޖާ 1440