ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ފިއުޗަރ ސީރީޒް އަދި މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިން ޗެލެންޖުގެ އޮފިޝަލުންގެ ކެއުމާއި ސައި އަދި ކެންޓީންގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

                             ނަންބަރު: BAM/IUL/2019/41

އިޢުލާން

 

މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ފިއުޗަރ ސީރީޒް އަދި މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިން ޗެލެންޖުގެ އޮފިޝަލުންގެ ކެއުމާއި ސައި އަދި ކެންޓީންގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

މިއެސޯސިއޭޝަނުން ސެޕްޓެމްބަރ މަހުގެ 17 ން 29 ށް ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ފިއުޗަރ ސީރީޒް އަދި މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިން ޗެލެންޖުގެ އޮފިޝަލުންނަށް ކެއުމާއި ސައި އަދި ބައިވެރިން އަދި ކުޅިބައްލަވަން ވަޑައިގަންނަވާ ފަރާތްތަކަށް އަމާޒުކޮށް ކެންޓީނެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ. މިމުބާރާތްތަކުގައި 45 ގައުމަށްވުރެއްގިނަ ޤައުމުން 200 އަށްވުރެއްގިނަ ކުޅުންތެރިން ބައިވެރިވެފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިޚިދުމަތް ދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އަށް މިއެސޯސިއޭޝަންއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު   08 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން މިއެސޯސިއޭޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

 

28 އޮގަސްޓް 2019

28 އޮގަސްޓް 2019
ހޯދާ