ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު (ހަތަރުވަނަ އިޢްލާން)
ހއ. އަތޮޅު މަދަރުސާގައި ތިރީގައި މި ދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކެއް ހޯދުމަށް2019 އޯގަސްޓް 04 ގައި ކުރި މި މަދަރުސާގެނަމްބަރ:GS19-A/IUL/2019/39 ގެ އިޢްލާނާގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށްފެންނާތީ، 4 ވަނަ ފަހަރަށް އިޢްލާނުކުރުމަށް ނިންމަމެވެ.
ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަޢްލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ބޭނުންފުޅުވާ ކޮންމެ މަސައްކަތަކަށްވެސް ވަކިން އަންދާސީ ހުޅަހެޅޭނެއެވެ.
- 13 ކުލާސްރޫމުގައި މުށިޖެހުން.
- މަލްޓިޕާޕަސް ހޯލަށް ބޭނުންވާ ދޮރުފޮތި ފެހުމާއި، ހަރުކުރުމަށް ބެނުންވާތަކެތި ފޯރުކޮށްދިނުން.
- މުވައްޒަފުން ބޭނުންކުރުމަށް 3 ފާޚާނާ ހެދުން
- ބްލޮކް 2 ގެ އަސްކަނި ސީލިންގ ކުރުން.
|
ތާރީޚް |
ގަޑި |
ތަން |
ނަން ނޯޓްކުރުން (ރަސްމީ ދުވަސްތަކުގެ) |
2019 ސެޕްޓެމްބަރު 01 ން 02 އަށް |
ހެނދުނު 9:30 ން މެންދުރު 1:30 އަށް |
ހއ. އަތޮޅު މަދަރުސާގެ އޮފީސް |
މަޢްލޫމާތު ސާފުކުރުން |
2019 ސެޕްޓެމްބަރު03 |
ހެނދުނު 11:30 |
ހއ. އަތޮޅު މަދަރުސާގެ އޮފީސް |
އަންދާސީ ހިސާބު ހުށަހެޅުން |
2019 ސެޕްޓެމްބަރު11 |
ހެނދުނު 11:30 |
ހއ. އަތޮޅު މަދަރުސާގެ އޮފީސް |
މަޢްލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ލިއުމުން އެކަން ހުށަހެޅުން އެދެމެވެ.
28 ޛުލްޙިއްޖާ 1440
29 އޯގަސްޓް 2019