ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށައެޅުމުގެ ދައުވަތު
· ރަސްމާދޫ ސްކޫލްގެ ޕްލޭ އޭރިޔާ އަމިއްލަ ތަކެތީގައި ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
· މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 29 އޯގަސްޓް 2019 އިން 3 ސެޕްޓެމްބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން މެންދުރު 01:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
· މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 5 ސެޕްޓެމްބަރ 2019 ބްރާސްފަތި ދުވަހުގެ މެންދުރު 01:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
· މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 8 ސެޕްޓެމްބަރ 2019 ވާ ބްރާސްފަތި ދުވަހުގެ 11:15 ގައި ރަސްމާދޫ ސްކޫލްގެ ލައިބްރަރީގައެވެ.
· ބިޑް ހުޅުވުން އޮންނާނީ 12 ސެޕްޓެމްބަރ 2019 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 01:15 ގައި ރަސްމާދޫ ސްކޫލްގެ ލައިބްރަރީގައެވެ.
· މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
· ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
· ރަސްމާދޫ ސްކޫލް، ރ.ރަސްމާދޫ
· ފޯން: 6580330
· އީ-މެއިލް: [email protected]
26 ޛުލްޙައްޖު 1440ހ.