ދިވެހިރާއްޖެ
ނަންބަރު: (IUL)120/1/2019/46)
އިޢުލާން
2019 ވަނަ އަހަރުގެ އެޗް. އެސް. ސީ އާއި އެސް. އެސް. ސީ އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ އެގްޒޭމިނަރުން ހޯދުން
2019 ވަނަ އަހަރުގެ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނާއި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ މާކިންގ ސްކީމް ފައިނަލް ކުރުމާއި މާކިންގ ވާރކްޝޮޕާއި މާކިންގ މަސައްކަތް ކުރިއަށް ގެންދިއުމަށް ތިރީގައިވާ ދާއިރާތަކަށް އެގްޒޭމިނަރުން ބޭނުންވެއެވެ.
މާކިންގ ސްކީމް ފައިނަލް ކުރުމާއި މާކިންގ ވާރކްޝޮޕު ހިންގައިދިނުމަށް ކަނޑައެޅިފައިވަނީ 12,000.00 ރުފިޔާއެވެ. މާކިންގ މަސައްކަތަށް ކަނޑައެޅިފައިވަނީ އެ އަހަރު މާކު ކުރާ މާކަރަށް ޖެހޭ ޖުމުލަ ޢަދަދުގެ އިތުރުން މަސްއޫލިއްޔަތު އެލަވަންސެވެ. މީގެ އިތުރުން މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، /1000 ރުފިޔާ، ކޮންޓިނިއުޓީ އެލަވަންސް ގެ ގޮތުގައި ދެވޭނެއެވެ.
|
އެޗް.އެސް.ސީ |
އެސް.އެސް.ސީ |
||
ދިވެހި |
އިސްލާމް |
ދިވެހި |
އިސްލާމް |
|
ޗީފް އެގްޒޭމިނަރ |
01 |
01 |
01 |
01 |
އެގްޒޭމިނަރ |
02 |
02 |
02 |
02 |
އޮޑިޓަރ |
02 |
02 |
03 |
03 |
މޮޑަރޭޓަރ |
03 |
03 |
08 |
08 |
މާކިންގ ސްކީމް ފައިނަލް ކުރުން |
އޮކްޓޫބަރ 13 ން 22 ށް |
ނޮވެންބަރ 16 ން 23 ށް |
||
މާކިންގ ވޯކްޝޮޕް |
އޮކްޓޫބަރ 26 ން 29 ށް |
ނޮވެންބަރ 25 ން 28 ށް |
||
މާކިންގ |
އޮކްޓޫބަރ 31 ން ނޮވެންބަރ 13 ށް |
ނޮވެންބަރ 30 ން ޑިސެންބަރު 16 ށް |
އެޗް.އެސް.ސީ އިމްތިޙާނުގެ މާކިންގ މަސައްކަތް (މާކިންގ ސްކީމް ފައިނަލް ކުރުމާއި މާކިންގ ވާރކްޝޮޕް ހިންގުމާއި މާކިންގ މަސައްކަތް) ކުރިއަށްދާނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު 13 ން ނޮވެންބަރު 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މަސައްކަތް ކުރިއަށްދާނީ މެންދުރު 13:00 ން 18:00 ގެ ނިޔަލަށެވެ.
އެސް.އެސް.ސީ އިމްތިޙާނުގެ މާކިންގ މަސައްކަތް (މާކިންގ ސްކީމް ފައިނަލް ކުރުމާއި މާކިންގ ވާރކްޝޮޕް ހިންގުމާއި މާކިންގ މަސައްކަތް) ކުރިއަށްދާނީ 2019 ވަނަ އަހަރުގެ ނޮވެންބަރު 16 ން ޑިސެންބަރު 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މާކިންގ ސްކީމް ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާނީ މެންދުރު 13:00 ން 18:00 ގެ ނިޔަލަށެވެ. މާކިންގ މަސައްކަތް ކުރިއަށްދާނީ 09:00 ން 16:00 ގެ ނިޔަލަށެވެ.
އެގްޒޭމިނަރުންގެ ދަފްތަރުގައި ރެޖިސްޓްރީ ވެފައިނުވާ ފަރާތެއްނަމަ އެގްޒޭމިނަރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށްފަހު މާކިންގ ގައި ބައިވެރިވުމަށް ވެސް ދަންނަވަމެވެ.
ވީމާ، ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ އަށް ކިޔަވައިދެއްވައި، މިކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ބައިވެރިވާން އެދޭ އިމްތިހާނާއި މާއްދާ އެނގޭ ގޮތަށް 2019 ސެޕްޓެންބަރު 18 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް[email protected] އަށް މެއިލްކުރެއްވުން އެދެމެވެ. އެ މެއިލުގައި ފުރިހަމަ ނަމާއި ފޯނު ނަންބަރު އަދި އައިޑީކާޑު ނަންބަރު ހިމަނަންވާނެއެވެ. މެއިލް ޑީޕީއީ އަށް ލިބުމުން، އެކަން މެއިލަކުން އެންގޭނެއެވެ.
26 ޛުލްޙިއްޖާ 1440
27 އޮގަސްޓް 2019