ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ އެޗް. އެސް. ސީ އާއި އެސް. އެސް. ސީ އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ މާކަރުން ހޯދުން

ނަންބަރު:  IUL)120/1/2019/47)

            

އިޢުލާން

 

2019 ވަނަ އަހަރުގެ އެޗް. އެސް. ސީ އާއި އެސް. އެސް. ސީ އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ މާކަރުން ހޯދުން

 

2019 ވަނަ އަހަރުގެ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނާއި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކު ކުރުމަށް ތިރީގައިވާ ޢަދަދަށް މީހުން ބޭނުންވެއެވެ.

މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް -/60 ރުފިޔާއެވެ. އަދި މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، -/1000 ރުފިޔާ، ކޮންޓިނިއުޓީ އެލަވަންސް ގެ ގޮތުގައި ދެވޭނެއެވެ.

 

 

އެޗް.އެސް.ސީ

އެސް.އެސް.ސީ

ދިވެހި

އިސްލާމް

ދިވެހި

އިސްލާމް

މާކަރ

15

15

40

40

މާކިންގ ވޯކްޝޮޕް

އޮކްޓޫބަރ 26 ން 29 ށް

ނޮވެންބަރ 25 ން 28 ށް

މާކިންގ

އޮކްޓޫބަރ 31 ން ނޮވެންބަރ 13 ށް

ނޮވެންބަރ 30 ން ޑިސެންބަރ 16 ށް

 

އެޗް.އެސް.ސީ އިމްތިޙާނުގެ މާކިންގ ވާރކްޝޮޕާއި މާކިންގ މަސައްކަތް ކުރިއަށްދާނީ މެންދުރު 13:00 ން 18:00 އަށެވެ. 

އެސް.އެސް.ސީ އިމްތިޙާނުގެ މާކިންގ ވާރކްޝޮޕާއި މާކިންގ މަސައްކަތް ކުރިއަށްދާނީ 09:00 ން  16:00 އަށެވެ.  

އެގްޒޭމިނަރުންގެ ދަފްތަރުގައި ރެޖިސްޓްރީ ވެފައިނުވާ ފަރާތެއްނަމަ އެގްޒޭމިނަރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށްފަހު މާކިންގ ގައި ބައިވެރިވުމަށް ވެސް ދަންނަވަމެވެ.

ވީމާ، ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ އަށް ކިޔަވައިދެއްވައި، މިކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ބައިވެރިވާން އެދޭ އިމްތިހާނާއި މާއްދާ އެނގޭ ގޮތަށް 2019 ސެޕްޓެންބަރު 18 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް[email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. އެ މެއިލުގައި ފުރިހަމަ ނަމާއި ފޯނު ނަންބަރު އަދި އައިޑީކާޑު ނަންބަރު ހިމަނަންވާނެއެވެ. މެއިލް ޑީޕީއީ އަށް ލިބުމުން، އެކަން މެއިލަކުން އެންގޭނެއެވެ.

       26  ޛުލްޙިއްޖާ   1440

       27  އޮގަސްޓް   2019

27 އޮގަސްޓް 2019
ހޯދާ