ދިވެހިރާއްޖެ
ނަންބަރު: IUL)GAAH/2019/09)
އިޢުލާން
އަތޮޅުހޮސްޕިޓަލުގެ 3 ބުރި ޢިމާރާތުގެ ފާހާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
މި ހޮސްޕިޓަލުން ފޯރުކޮއްދޭ މައުލޫމާތު އަދި ކުރެހުމާއި އެއްގޮތަށް މި ހޮސްޕިޓަލުގެ 3 ބުރި ޢިމާރާތުގެ ކުރަށްހުރި މަރާމާތްތައް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްރަކުން 9 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ މެންދުރު 14.00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 19 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 14.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
27 އޮގަސްޓް 2019
26 ޛުލްހިއްޖާ 1440