|
މަޤާމް :
|
ލެބޯރެޓަރީ އެސިސްޓެންޓް
|
|
މަޤާމު ނަންބަރު:
|
J-134104
|
|
ބޭނުންވާ ޢަދަދު :
|
1 ( އެކެއް )
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް 3
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
|
ސެކްޝަން:
|
އެކަޑަމިކް
|
|
މަޤާމު އޮތް އޮފީސް:
|
މުޙްޔިއްދީން ސްކޫލް
|
|
ވަޒީފާ އަދާކުރަން ގެހޭތަން:
|
މުޙްޔިއްދީން ސްކޫލު / މާލެ
|
|
މުސާރަ:
|
-/4465 ރ
|
|
ސަރވިސް އެލަވަންސް:
|
-/1500 ރ
|
|
ކޯ އެލަވަންސް -2 :
|
-/700 ރ
|
|
އިތުރު އިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ރިސްކް އެލަވަންސް ދުވާލަކަށް -/25 ރ ގެ ރޭޓުން.
|
|
ދާއިރާ:
|
ލެބޯޓަރީ ސަރވިސް
|
|
މަޤާމުގެ މަސްއޫލިއްޔަތުތަކައި ވާޖިބުތައް:
|
- ދަރިވަރުންނަށް ބޭނުންވާ ޕްރެކިޓިކަލްސް ތަކަށް ޓިޗަރުން އަންގާ ގޮތެއްގެ މަތިން ލެބޯޓަރިގެ އިންތިޒާމްތަށް ހަމަޖެއްސުން
- ލެބްތައް ހުޅުވާ ލެއްޕުމުގައި ފަރުވާތެރިވެ އެތަނުގެ ތަޅުދަނޑިތައް ލެބް ބަންދު ކުރުމަށްފަހު އޮފީހުން އެކަމާ ހަވާލުވެހުރި މުވައްޒަފަކާ ހަވާލުކޮށް ލެބްހުޅުވި ގަޑި އާއި ބޭނުން އަދި ބަންދުކުރިގަޑި ތަޅުދަނޑި ދޫކުރާ ފޮތުގައި ނޯޓްކުރުން.
- ލެބްގެ ޤަވައިދުތަކަށް ޓިޗަރުން އަހުލުވެރިކުރުވުމަށް ހަރަކާތްތައް ހިންގުންއަދި ލެބަށް ބޭނުންވާ ތަކެތި ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ހުށައެޅުން.
- ލެބްތަކުގައި ހުރި ކެމިކަލތައް އަދި އެހެނިހެން ތަކެތީގެ ސްޓޮކް ގަވައިދުން ބަލަހައްޓައި ނެގޭތަކެތި ބާކީކޮށް ލިބޭތަކެތި ސްޓޮކްބާކީއަށް ވައްދަމުން ގެންދިއުން.
- ލެބުގައި ހިންގުން ހަރަކާތްތަކުގެ އަހަރީ ރިޕޯޓް އަހަރު ނިމުމުން ސްޕަވައިޒަރަށް ހުށައެޅުން.
- ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރުން ހިންގޭ އިތުރު ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަތުން. އަދި އެފަދަ ޙަރަކާތްތަކުގައިވެސް ގަޑިއަށް ސަމާލުކަންދެއްވުން
- ސްކޫލުގައި އިތުރު ޙަރަކާތްތައް ހިންގުވައި އެދާއިރާއިން ދަރިވަރުންނަށާއި މުވައްޒަފުން، އަދި ސްކޫލަށް ރީތި ނަމާއި އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވުން.
- ސްކޫލުން ޙަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަންގަވައިގެން ޝައުޤުވެރިކަމާއެކު ކުރުމާއި، މުވައްޒަފުގެ އަމިއްލަ ކުރިއެރުމަށް، ހިތްވަރާއެކު މަސައްކަތްކޮށް ސްކޫލުން ބޭނުންވާ ފެންވަރަށް މުވައްޒަފުގެ ފަންނީ، ޢިލްމީ ޤާބިލްކަން ކުރިއެރުވުމުގެ އިތުރުން ވަޒީފާގެ ބާވަތުން، މުއައްޒަފެއްގެ ހައިސިއްޔަތުން ކުރުމަށް ސުކޫލުގެ ވެރިން އަންގަވާ ކަންތައްތައް ކުރެއްވުން.
- ސްކޫލުން ބާއްވާ ސްޓާފް މީޓިންގ ތަކާއި ސެޝަން މީޓިންގ، ބެލެނިވެރިންގެ ބައްދަލުވުންތަކާއި އެނޫނަސް ލީޑިންގް ޓިޗަރެއްގެ ޙައިސިއްޔަތުން ބައިވެރިވެލެއްވުމަށް ސްކޫލުން އަންގާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވެވަޑައިގަތުން.
- އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ރަޙުމަތްތެރިކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރޫޙް ޤާއިމްކުރުމަށް މަސައްކަތްކުރުމާއި، ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިން އަދި ސްކޫލުގެ އަގު ހިފެހެއްޓުމަށް މަސައްކަތްކުރުން އަދި ދިވެހި ސަރުކާރުގެ ޤަވާޢިދުތަކާއި، ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ ޤަވާޢިދުތަކަށް އަހުލުވެރިވެ އެއަށް ޙުރުމަތްތެރިކޮށް ހިތުން.
- ސްކޫލުގެ ޓައިމްޓަބަލާ އެއްގޮތަށް ޓިޗަރުން ބޭނުންވާ ލެސަންތައް ލެބްގައި ނެގޭނެ އިންތިޒާމްތައް ހަމަޖެއްސުން.
- ލެބޯޓްރީއަށް ހޯދޭ ކެމިކަލްތަކާއި މެޓީރިއަލްސްތައް ލޭބަލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ޓީޗަރުން އަންގާގޮތެއްގެ މަތިން ލެބްގަޑިތަކަށް ބޭނުންވާ ތަކެތިނަގާއި ލެބް ތައްޔާރުކުރުން.
- ލެބްގައި ބޭނުންކުރެވޭ ކެމިކަލްސްތަކާއި އެހެނިހެންތަކެތިން ދަރިވަރުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔވަޅުތައް އަޅާފައިހުރުން. ލެބްގެ ޤަވައިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށް ހަރަކާތްތައް ހިންގުން.
|
|
މަޤާމުގެ ޝަރުތު:
|
ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައި މިވާޝަރުތުތަކުން ޝަރުތެއްފުރިހަމަވުން.
1- ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
ދާއިރާ
|
ބެލެވޭނެ ބައިތައް
|
މާކްސް
|
އިންސައްތަ%
|
ކެޓަގަރީގެ ޖުމްލަ އިންސައްތަ
|
|
ތަޢުލީމައި ތަމްރީން
|
ލިބިފައިވާ ތަޢުލީމް
|
35
|
35
|
40
|
|
މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން
|
30
|
5
|
|
އިމްތިޙާން
|
"ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"
|
12
|
5
|
5
|
|
މަސައްކަތުގެ ތަޖުރިބާ
|
މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ
|
33
|
10
|
10
|
|
ލިބިފައިވާ ހުނަރު
|
އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް
|
100
|
45
|
45
|
|
ޖުމްލަ
|
210
|
100
|
100
|
•ވަޒީފާއަށް އެންމެ ޤާބިލުމީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.
•ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން. (ސައިންސްގެ ދާއިރާއިން ކިޔަވަފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
•މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ސެޕްޓެމްބަރ2019 (ބްރާސްފަތި) ގެ 12:00 ގެ ކުރިން، މުޙްޔިއްދީން ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] ބަލައިގަނެވޭނެ އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 05 ސެޕްޓެމްބަރ 2019 އާއި 11 ސެޕްޓެމްބަރ 2019 ދެމެދު، މުޙްޔިއްދީން ސްކޫލް ގައެވެ.
|
|
ޝޯޓް ލިސްޓްކުރުމާއި
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
45%
|
|
އިރުތު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3390634، 3390635 ނަބަރު ފޯނާއެވެ. އީ- މެިއލް ކުރާނީ [email protected] އަށެވެ.
|