ދިވެހިރާއްޖެ
ވ. އަތޮޅު ހޮސްޕިޓަލް
ވ. ފެލިދޫ / ދިވެހިރާއްޖެ
ނަންބަރު: IUL)VAH/J5-HP/2019/2)
އިޢުލާން
| 
 މަޤާމު  | 
 ރިސެޕްޝަނިސްޓް ( ވަގުތީ )  | 
| 
 މުއްދަތު  | 
 6 މަސް ދުވަސް  | 
| 
 ބޭނުންވާ ޢަދަދު  | 
 01 (އެކެއް)  | 
| 
 މަޤާމުގެ ގިންތި  | 
 ވަގުތީ  | 
| 
 މަޤާމުގެ ރޭންކް  | 
 ޖީ.އެސް 3  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން  | 
 އޮފިސަރ ގްރޭޑް 1  | 
| 
 މަޤާމު އޮތް އޮފީސް  | 
 ވ. ރަކީދޫ ޞިއްޙީ މަރުކަޒު  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން  | 
 ވ. ރަކީދޫ ޞިއްޙީ މަރުކަޒު / ވ. ރަކީދޫ  | 
| 
 މުސާރަ  | 
 -/4465 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް  | 
 -/1500 ރުފިޔާ (މަހަކު)  | 
| 
 އެހެނިހެން އެލަވަންސް  | 
 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން 2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިނާޔަތްތަށް ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތުގެ މަތިން މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް ފައިސާ  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް  | 
 1. ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކަށް ރީތިބަހުން މުޢާމަލާތްކުރުމާއި ބޭނުންވަނީކޮން ޚިދުމަތްތަކެއްތޯބަލާ އެޚިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމާއި ނުވަތަ އެކަމެއް އެވަގުތެއްގައި ނުވާފަދަ ހާލަތެއްގައި އެކަމެއް ރަގަޅަށް އޮޅުންފިލުވައިދިނުން. 2. ޞިއްޙީމަރުކަޒަށް އަންނަ ބަލިމީހުން ރަޖިސްޓްރީކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުން 3. ތަރުޖަމާނެއް ނެތް ހާލަތެއްގައި ތަރުޖަމާކޮށް ދިނުން 4. ޞިއްޙީމަރުކަޒުން ދެވޭ ޚިދުމަތްތަކުގެ ތެރެއިން އަގުނަގަންޖެހޭފަދަ ޚިދުމަތެއް ދޭންޖެހޭ ފަދަ ހާލަތެއްގައި އެޚިދުމަތަކީ ޞިއްޙީމަރުކަޒުން ދެވެންހުރި ޚިދުމަތެއްތޯބަލާ ޔަޤީންކުރުމަށްފަހު އަގުލިސްޓްގައިވާ ގޮތުގެ މަތިން އަގުނެގުން . 5. ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތަށް ފައިސާގެ ރަސީދު ފުރިހަމަކޮށް ރަސީދުހަދާ ހަވާލުކުރުން . 6. ލިބޭފައިސާގެ ދުވަހުފޮތް ކޮންމެދުވަހަކު ވެސް ޤަވާއިދުން ފުރިހަމަކޮށް ފައިސާ އާއި ބެހޭ މުވައްޒަފަށް ފައިސާ ޙަވާލުކުރުން. 7. އާސަންދަ ޚިދުމަތްދެވޭ ފަރާތްތަކުގެ މައުލޫމާތުތައް ފުރިހަމަކޮށް ދުވަހުން ދުވަހަށް ޓްރާންސެކްޝަންސް ހެދުމަށްފަހު ކޮންމެ މަހެއް ނިމުމުން ކުރީމަހުގެ އާސަންދަ އިންވޮއިސް ތައްޔާރުކުރުމަށްފަހު ފައިސާއާއި ބެހޭ މުވައްޒަފާއި ހަވާލުކުރުން 8. ޞިއްޙީމަރުކަޒު ހިންގުމާއި ޙަވާލުވެހުންނަވާ ވެރިއެއްގެ މަސައްކަތުގައި ބައިވެރިވުން 9. އެހެންމުވައްޒަފުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުމާއި އެޑްމިންބައިން އަންގާ މަސައްކަތް ތައް ކުރުން 10. ޙާއްޞަ ދުވަސްތައް ފާހަގަކުރުމުގެ ގޮތުން ޞިއްޙީމަރުކަޒުގެ ފަރާތުން ހިންގާ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން 
  | 
| 
 މަޤާމުގެ ޝަރުޠުތައް  | 
 ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން ' ޑީ ' ގްރޭޑް ލިބިފައިވުމާއިއެކު ، ސެކަންޑަރީ ސްކޫލު އިމްތިހާނުގެ ' ދިވެހި ' މި މާއްދާއިން ' ސީ ' ފާސް ލިބިފައިވުން .  | 
| 
 
 
 ހުށައަޅަންޖެހޭ ލިޔުންތައް 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ފޮވުމަށް ބެލެވޭނެ ކަންތައްތައް  | 
 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. ( މި ފޯމް ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ވ. ރަކީދޫ ޞިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ހ) މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު /ލެވެލް ކަނޑައަޅާފައިވާ ރާޢްޖެއިން ބޭރުގެ މަތީތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމުރީނު ސެޓުފިކެޓު ތަކުގެ ކޮޕީ 7. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ ، އެ ސެޓުފިކެޓުގެ ކޮޕީ 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާއަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 
 
 1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި  | 
 މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 05 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 14.00 ގެ ކުރިން ވ. ރަކީދޫ ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.  | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު  | 
 މި މަޤާމާށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ ސެޕްޓެމްބަރ މަހުގެ 10 ން 15 އާއި ދެމެދު ވ. ރަކީދޫ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  | 
| 
 ޝޯޓް ލިސްޓް ކުރުން  | 
 މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
| 
 އިތުރު މަޢުލޫމާތު  | 
 މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ވ. ރަކީދޫ ޞިއްޙީމަރުކަޒުގެ 6700607 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.  | 
27 އޯގަސްޓް 2019
