ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މާލޭގައި އޮފީސް އިމާރާތެއްގެ ކޮންސެޕްޓް ޑިޒައިންކޮށް، ބީ.އޯ.ކިއު ހަދައި އަރކިޓެކްޗަރަލް ކުރެހުންތައް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަށް މާލޭގެ ޗާންދަނީމަގުގައި (ނަމްބަރު 23، ޗާންދަނީމަގު، މާފަންނު) އޮފީސް އިމާރާތެއްގެ ކޮންސެޕްޓް ޑިޒައިންކޮށް އަރކިޓެކްޗަރަލް ކުރެހުންތައް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ ފަރާތްތަކަށް ހުޅުވާލަމެވެ.

 

މި މަސައްކަތާއި ބެހޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 1 ސެޕްޓެންބަރ 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު 01:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވަލަޕްމެންޓްގެ 1 ވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައިއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 08 ސެޕްޓެންބަރު 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި  މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވަލަޕްމެންޓްގެ 1 ވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައިއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 548-3010

އީމެއިލް: [email protected]

27 އޮގަސްޓް 2019
ހޯދާ