މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ނ.ކެނދިކުޅުދޫ ސްކޫލް މަލްޓިޕާރޕޯސް ހޯލް އަދި 02 ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

`

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

 

     މާލެ،

   ދިވެހިރާއްޖެ.

                                       އިޢުލާން ނަންބަރ: IUL)22-G/22/2019/201) 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  • ނ.ކެނދިކުޅުދޫ ސްކޫލް މަލްޓިޕާރޕޯސް ހޯލް އަދި 02 ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  • މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 27 އޯގަސްޓް 2019 އިން 03 ސެޕްޓެމްބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 05 ސެޕްޓެމްބަރ 2019 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

 

  • ބިޑް ހުޅުވުން އޮންނާނީ 09 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައެވެ.

 

 

  • ·           ނޯޓް: މިޕްރޮޖެކްޓްގައި ނަންނޯޓް ކުރުމުގެ އިންތިޒާމް މިމިނިސްޓްރީގެ ރިސެޕްޝަންގައި ހަމަޖެހިފައިވާނެއެވެ.
  • މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ·        ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓްސެކްޝަން
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ވެލާނާގެ 8 ވަނަ ފަންގިފިލާ (ރިސެޕްޝަން)
  • ފޯން:  3341136, 3341127
  • އީ-މެއިލް: [email protected]
  • ކޮޕީ އީ-މެއިލް: [email protected]
26 އޮގަސްޓް 2019
ހޯދާ