ދިވެހިރާއްޖެ
ނަންބަރު:8/IUL)GAAH/2019)
އިޢުލާން
އަތޮޅުހޮސްޕިޓަލުގެ ގައިނީވޯޑް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މި ހޮސްޕިޓަލުން ފޯރުކޮއްދޭ މައުލޫމާތު އަދި ކުރެހުމާއި އެއްގޮތަށް މި ހޮސްޕިޓަލުގެ ގައިނީވޯޑް ގަ ހުރި މަރާމާތްތައް ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)GAA/2019/7) އިޢުލާނުގައި މިހޮސްޕިޓަލުން ފޯރުކޮށްދީފައިވާ މައުލޫމާތު ޝީޓުގައި އެކަށީގެންވާވަރަށް މައުލޫމާތު ހިމަނިފައިނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްރަކުން 04 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ މެންދުރު 14:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 16 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
26 އޮގަސްޓް 2019 މ.