ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތި ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ އުސޫލަށް އަމަލުކުރުން

                                                                      ނަންބަރު:(IUL)421/421/2019/05

 

މަގުމަތި ކުނިކަހާ،ސާފުކޮށް ބެލެހެއްޓުމުގެ އުސޫލަށް ޢަމަލުކުރުން

 

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި،ލާމަރުކަޒީ ޤާނޫނުގެ 14 ވަނަ ބާބުގެ 151 ވަނަ މާއްދާގެ (ޑ) އިން ލިބިދޭބާރުގެ ދަށުން ގދ.ވާދޫ ކައުންސިލުން ވަނީ " މަގުމަތި ކުނިކެހުމާއިބެހޭ ޤަވާއިދު " ހަދާ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ. އަދި މިޤަވާއިދަށް ޢަމަލުކުރުމުގެ ކުރިން ކައުންސިލުންވަނީ އައިލެންޑް ލިވެލޮޕްމަންޓް ކޮމިޓީއާއި މަޝްވަރާކުރުމަށްފަހު މިދެންނެވި ޤަވާއިދަށް ޢަމަލުކުރާނޭ އުސޫލެއް ކަނޑައަޅާ،ކައުންސިލުގެ 56 ވަނަ ޢާންމު ބައްދަލުވުމުން އެއުސޫލު ފާސްކޮށްފައެވެ.

          ވީމާ، 01 އޮކްޓޯބަރ 2019 ވަނަ ދުވަހުންފެށިގެން މަގުމަތި ކުނިކަހާ ބެލެހެއްޓުމަށް ހަދާފައިވާ ޤަވާއިދާއި އެޤާވާއިދާ ގުޅިގެން ހަދާފައިވާ އުޞޫލާއެއްގޮތަށް ޢަމަލުކުރަމުންގެންދާނެވާހަކަ ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

25 ޛުލްޙިއްޖާ 1440

26  އޯގަސްޓް 2019

                                                                       

           

                                                    މުޙައްމަދު ވަޙީދު

                                                   ކައުންސިލްގެ ރައީސް

26 އޮގަސްޓް 2019
ހޯދާ