ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ އުޅަނދު ތަކަށް ބޭނުންވާ ޑީސަލް އަދި ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.
މިއިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޑީސަލް އަދި ޕެޓްރޯލް ސަޕްލައިޒް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ ، ޑީސަލާއި ޕެޓްރޯލް 1 ( އެކެއް ) އަހަރުގެ ދުވަހުގެ މުއްދަތަށް މިއިދާރާއަށް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު، 05 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅުއްވަންވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި ކުންފުނި ތަކުންނެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ އާއި ކުންފުންޏެއް ނުވަތަ އިންވެސްޓްމެންޓެއް ނަމަ ރަޖިސްޓްރީގެ ކޮޕީ އަދި މީރާގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިއުން ހުށަހަޅުއްވަން ވާނެއެއެވެ.
މާރކްސް ދެވޭނެ މިންގަނޑު
1- ޑީސަލް އަދި ޕެޓްރޯލް ލިޓަރެއް ވިއްކާނެ އަގު
2- ތެލުގެ އަގަށް އަންނަބަދަލުތަކާއި ގުޅިގެން ޚިދުމަތް ދިނުމުގައި އަމަލުކުރާނެ ގޮތް .
3- ފައިސާދެއްކުމަށް އެދޭގޮތް : ( ފައިސާދެއްކުމުގައި ދެވިދާނެ ލުއިފަސޭހަތައް )
4- މެދުނުކެނޑި ސަޕްލައި ލިބެން ހުންނާނެ ކަމުގެ ގެރެންޓީ ( ހުށަހަޅަފަރާތުން ޚިދްމަތް ދިނުމުގައި ސްޓޮކް ހުސްވެއްޖެނަމަ ސަޕްލައި ކޮށްދިނުމަށް ހަމަޖައްސާގޮތް )
5- ތެޔޮވިއްކާފަރާތުގެ ރަޖިސްޓްރީ އާއި ލިބިފައިވާ ހުއްދަތަކުގެ ކޮޕީ.
6 -ތެޔޮއަޅައި ދިނުމުގައި ދޭނެ ލުއިފަސޭހަތައް (ވެހިކަލެއްގައި ތެޔޮ ގެންގޮސް ދިނުން ފަދަ )
7 -ޓެކްސް ކްލިއަރެންސް ރިޕޯޓް
މިއިދާރާއިން ހަމަޖައްސާފައިވަނީ މި އިޢުލާނާއި ގުޅިގެން ހޮވޭ ފަރާތްތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ސޮއި ކުރެވޭ ފަރާތާއި އެކީ 1 އަހަރު ދުވަހުގެ މުއްދަތަށް މިއިދާރާއަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް ގަތުމަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ.
25 ޛުލްޙިއްޖާ 1440