ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލްގެ އެކްޓިވިޓީ ގްރައުންޑްގެ ވަށާފާރު ރޭނުމާބެހޭ
1. މި ސްކޫލްގެ އެކްޓިވިޓީ ގްރައުންޑްގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއްް ހޯދުމަށްކުރެވުނު އިޢުލާން ނަންބަރު GS79/IULAAN/2019/23 އަށް އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައިނުވާތީ އެ ޢިލާން ބާޠިލްކުރުމަށްފަހު މިމަސައްކަތް ކުރުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރީމެވެ. ވީމާ މަސައްކަތްތައް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
2. މި ބީލަން ހުޅުވާލެވިފައިވަނީ،ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި،އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
3. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އިހަވަންދޫ ސްކޫލް އޮފީހަށް ދުރުވެ 2019 އޯގަސްޓު 27 އިން 2019 ސެޕްޓެމްބަރ 4 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ސެޕްޓެމްބަރ 4 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ސެޕްޓެމްބަރ 5 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
6. ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2019 ސެޕްޓެމްބަރ 17 ވާ އަންގާރަ ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިހަވަންދޫ ސްކޫލް
އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.
ފޯން: 65000967
އީ-މެއިލް: [email protected]
25 ޛުލްޙިއްޖާ 1440