ދިވެހިރާއްޖެ
މިޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)B08-HC/2019/08 އިއުލާނާއި ގުޅިގެން ވާދަކުރާނެ ތިން ފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 26 އޯގަސްޓް 2019 ވާ ހޯމަ ދުވަހުން ފެށިގެން 2 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 12:00 އާއި ދޭތެރޭ މި ޞިއްޙީމަރުކަޒުގެ އޮފީހަށް ނުވަތަ ހދ.އަތޮޅު ހެލްތް ސާރވިސަސްއަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 3 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ޞިއްޙީމަރުކަޒުގަ އާއި ހދ.އަތޮޅު ހެލްތް ސާރވިސަސް ގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން، 11 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި ޞިއްޙީމަރުކަޒުގަ އާއި ހދ.އަތޮޅު ހެލްތް ސާރވިސަސް ގައި އޮންނާނެއެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 03 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected] ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.