ހުރަވީ ސްކޫލް، ހުޅުމާލެ
ދިވެހިރާއްޖެ
ކުޅިވަރު ޕޫލްތައް ހިންގާނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެ

ކުޅިވަރު ޕޫލްތައް ހިންގާނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެ

ހުރަވީ ސުކޫލުގެ ތިރީގައި މިދަންނަވާ ކުޅިވަރުޕޫލްތައް ހިންގައިދޭނެ ފަރާތްތަކެއް ހޯދަންބޭނުންވެއްޖެއެވެ.

  1.     ސުވިމިންގ ޕޫލް
  2.     ބާސްކެޓް ޕޫލް
  3.      ނެޓްބޯލް ޕޫލް
  4.     ހޭންޑްބޯލް ޕޫލް
  5.      ފުޓްބޯލް ޕޫލް
  6.     އެތްލެޓިކްސް
  7.      ކެރަމް ޕޫލް
  8.     ބެޑްމިންޓަން ޕޫލް

 ވީމާ މަތީގައިވާ ކުޅިވަރު ޕޫލްތައް ހިންގުމަށް ޝައުޤުވެރިވާ ތިރީގައި މިދަންނަވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން  3 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ސުކޫލުގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.  މި އިޢުލާނާއެކު ޕޫލް ކުރިޔަށްގެންދާނެ ގޮތުގެ މައުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ކުޅިވަރު ޕޫލްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް:

  • ޕްރޮޕޯސަލް ހުށަހަޅާ ކުޅިވަރު ކުރިއަރުވާ މުބާރަތްތައް ރާވާ ހިންގާ ކުލަބު ޖަމުޢިއްޔާ އަކަށްވުން.
  • ކުލަބު ޖަމުޢިއްޔާ އަކީ ދިވެހިރާއްޖޭގެ ސްޕޯޓްސް ކައުންސިލް ގައި ރެޖިސްޓްރީ ވެފައިވާ ޖަމުޢިއްޔާ އަކަށްވުން
  • ފްރޮޕޯސަލް ހުށަހަޅާ ކުޅިވަރުގެ ޕޫލްތައް ރާވާ ހިންގާ ބަޔަކަށްވުން.
  • ޖަމިއްޔާގައި ދަށްވެގެން 'ސީ' ލައިސަންސް ކޯޗަކު ހުރުން.
26 އޮގަސްޓް 2019
ހޯދާ