ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެނިއުމަރޭޓަރުން

އިޢުލާން

 

ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/2020ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާބެހޭ

 

މިބިއުރޯގެ ފަރާތުން މާލެއާއި އަތޮޅުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/2020" ގައި ހަރަކާތްތެރިވުމަށް 24 އެނިއުމަރޭޓަރުން ބޭނުންވެއެވެ. މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަން ދެވޭނެއެވެ. 

 

އެނިއުމަރޭޓރުންގެ ގޮތުގައިހޮވޭ މީހުންނަށް 5 ދުވަހުގެ ތަމްރީންއެއް ދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސަރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/100ރ ގެ އެލެވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/500ރ ގެ މަގުން އެލަވަންސެއް ދެވޭނެއެވެ. އަދި ސުޕަރވައިޒަރުންގެގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރވޭގެ މަސައްކަތްކުރާދުވަސްތަކުގައި ދުވާލަކު -/550ރ ގެ މަގުން އެލަވަންސެއްދެވޭނެއެވެ. ސަރވޭގެ މުއްދަތުގައި ހަފްތާއަކު 06 ދުވަހު މަސައްކަތް ކުރިއަށްދާނެއެވެ.

 

މިސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކުރުމަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ފޯމް، މިބިއުރޯގެ (ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، ދާރުލްއީމާންގެ 9 ވަނަ ފަންގިފިލާ) ކައުންޓަރުންނާއި ވެބްސައިޓުން (http://www.statisticsmaldives.gov.mv/ އިން ލިބެން ހުންނާނެއެވެ.

 

ވީމާ، މިމަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދެންނެވި އެޕްލިކޭޝަން ފޯމް ފުރިހަމަކުރުއްވުމަށް ފަހު އައިޑީ ކާޑުގެ ކޮޕީއާއެކު 05 ސެޕްޓެމްބަރ 2019ވާ ބުރާސްފަތި  ދުވަހުގެ 14:00 ގެ ކުރިން މިބިއުރޯއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމޭލް [email protected])) މެދުވެރިކޮށް ވެސް ފޯމް ބަލައިގަނެވޭނެއެވެ.

 

 

މިސަރވޭގެ ކަންތައްތަކާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ މިބިއުރޯގެ ނަންބަރ 3008407 /  3008408އަށް ގުޅުއްވުން އެދެމެވެ.

22 އޮގަސްޓް 2019
ހޯދާ