އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

ހިމަންދޫ ސްކޫލް ހޯލް އިމާރާތު ދޮރުއެރުވުމާ ގުޅޭ

 

             މި ސްކޫލްގެ ހޯލް އިމާރާތު ދޮރުއެރުވުމުގެ މަސައްކަތް ހަވާލުކުރި ފަރާތުން މަސައްކަތް ނުކުރެވުމާއި ގުޅިގެން އެގްރިމެންޓް ވަނީ ބާޠިލް ވެފައެވެ. އެހެންކަމުން މި ސްކޫލްގެ ހޯލްއިމާރާތު ދޮރުއަރުވާނެ ފަރާތެއް ބޭނުން ވެއެވެ.

             ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 2 ވާ ހޯމަދުވަހު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 2019 ސެޕްޓެމްބަރ 5 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އެސްޓިމޭޓް ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެން ދެއްވުން އެދި ދެންނެވީމެވެ.

            މި މަސައްކަތުގެ އެންމެހާ ކަންކަމުގައި މުޢާމަލާތު ކުރެވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔާފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ.

            އެހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިޢުލާން ކުރީމެވެ.

25 އޮގަސްޓް 2019
ހޯދާ