ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
2019 އާލާ އިންޓަރ ރިސޯޓް ވޮލީބޯޅަމުބާރާތުގެ ސްޓީއަރިންގ ކޮމިޓީ އެކުލަވާލުމާ ގުޅޭ:

 

 

                                                      ނަމްބަރ: VAM/CR/2019/012     

                ސަރކިއުލަރ

                      

                

2019 އާލާ އިންޓަރ ރިސޯޓް ވޮލީބޯޅަމުބާރާތުގެ ސްޓީއަރިންގ ކޮމިޓީ އެކުލަވާލުމާ ގުޅޭ:

 

15 ސެޕްޓެމްބަރ 2019 ގައި ފެށުމަށް ހަމަޖެހިފައިވާ ''އާލާ އިންޓަރ ރިސޯޓް ވޮލީބޯލް މުބާރާތް 2019'' ރާވާހިނގުމަށްޓަކައި، "2019 އާލާ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ސްޓިއަރިންގ ކޮމިޓީ" (ރިސޯޓް ވޮލީ ސްޓިއަރިންގ ކޮމިޓީ) ތިރީގައި މިދަންނަވާ ބޭފުޅުން ހިމެނޭގޮތަށް ވަނީ އެކުލަވާލެވިފައެވެ.

ރިސޯޓް ވޮލީ ސްޓިއަރިންގ ކޮމިޓީގެ މެމްބަރުން

1-      މުޙައްމަދު ރަނޭޝް – ހ.ޔޫފީލިޔާ

2-      އަބްދުﷲ ރަޝީދު – ނިޔަނދުރުމާގެ

3-      ފަތުޙުﷲ ވަޙީދު – ހ.ނޫއަލި

4-      އަޙްމަދު ނަޝީދު – ހ.މާކޯޅިގެ

5-      އަބްދުލް ސަލާމް - މާފަރު

                                           މިކޮމިޓީ އަކީ 2019 ވަނަ އަހަރުގެ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތް (ޒޯން) އަދި އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގު ރާވާ ހިންގުމަށްޓަކައި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން އެކުލަވާލާފައިވާ ކޮމިޓީއެކެވެ. މިދެންނެވި މުބާރާތް ހިނގުމާއި ގުޅޭގޮތުން، މިއެސޯސިއޭޝަނުން ކުރަންޖެހޭ އެންމެހާ އިންތިޒާމުތައް ހިނގުމާއި، ހިނގަންޖެހޭ އެންމެހާ މުއާމަލާތްތައް ހިގުމުގެ އިހްތިޔާރާއި ބާރު މިއެސޯސިއޭޝަނުންވަނީ ރިސޯޓް ވޮލީ ސްޓީއަރިންގ ކޮމިޓީއަށް ދީފައެވެ.

އިހްތިރާމް ޤަބޫލް ކުރެއްވުން އެދެމެވެ.       

22 އޮގަސްޓް 2019

 

 

 

 

22 އޮގަސްޓް 2019
ހޯދާ