ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: MMS-A/2019/22
މިސަރވިސް އަށް 3 އެއަރކަންޑިޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މިސަރވިސް އަށް 3 އެއަރކަންޑިޝަން ސަޕްލައިކޮށްދީ، އޮފީހުން ދައްކާ ތަނެއްގައި އެއަރކަންޑިޝަންތަށް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު MMS-A/2019/21 ނަމްބަރު އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބު ނުލިބުމުގެ ސަބަބުން އެއިޢުލާން ބާތިލްކޮށް އަލުން ދެވެނަފަހަރަށް އަންދާސީ ހިސާބު ހުށައެޅުމަށް ދައުވަތު އަރުވަމެވެ.
ވީމާ، މިކަމަށް ޝައުގު ވެރިވެ ލައްވާ ފަރާތްތަކުން 2019 ސެޕްޓްމްބަރ 02 ވާ ހޯމަ ދުވަހުގެ 11:00 އަށް ހުޅުލޭގައި (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި) ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތަށް ބަލައެއް ނުގަނެވޭނެއެވެ.
އަންދާސީ ހިސާބާއި ބެހޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންފުޅުވެލައްވާނަމަ މި އިދާރައިގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އެއަރ ކޮންޑިޝަންގެ ޢަދަދާއި ތަފްސީލް:
ބޭނުންވާތަން |
ބޭނުންވާ އަދަދު |
ސައިޒް |
ޓައިޕް |
ތަފްސީލް |
# |
ގަން މެޓް އޮފީސް، ސ.ގަން- ސްޓޯރ ރޫމް |
01 |
24000 BTU |
ވޯލް މައުންޓް |
އެއަރކަންޑިޝަން އިންވާޓަރ |
1 |
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ސަރވަރ ރޫމް |
01 |
18000 BTU |
ވޯލް މައުންޓް |
އެއަރކަންޑިޝަން އިންވާޓަރ |
2 |
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ޑިރެކްޓަރ މީޓިއޮރޮލޮޖީ ރޫމް |
01 |
9000 BTU |
ވޯލް މައުންޓް |
އެއަރކަންޑިޝަން އިންވާޓަރ |
3 |
- މަތީގައިވާ ގޮތަށް 03 އެއަރކަންޑިޝަންއަށް، ހަރުކުރުމުގެ އަގާއި އެކު އެސްޓިމޭޓް ހުށައެޅުއްވުން.
- އެސްޓިމޭޓް ހުށައަޅުއްވާ އެއަރ ކޮންޑިޝަންތައް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތްލިބެން ހުންނަ އިންވާޓަރ ތަކެއްޗަށެވެ.
- އެއަރކަންޑިޝަން ގެންގޮސްދިނުމުގެ ޚަރަދާއި، ހަރުކޮށް ދިނުމުގެ ޚަރަދު ތިރީގައިވާ ގޮތަށް އެސްޓިމޭޓް ގައި ހިމަނާފައި އޮންނަންވާނެ އެވެ.
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގެ ދަށުން ހިންގާ ސ. ގަން މެޓް އޮފީހުގެ ސްޓޯރ ރޫމްގައި 01 އެއަރކަންޑިޝަން (BTU 24000 ގެ ވޯލްމައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އެއޮފީހުން ދައްކާ ތަނެއްގައި ހުރި އެއަރކަންޑިޝަން ނަގައި އެތަނުގައި އައު އެއަރކަންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
- ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގެ ސަރވަރ ރޫމްގައި 01 އެއަރކަންޑިޝަން (BTU 18000 ގެ ވޯލްމައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އަދި މިއޮފީހުން ދައްކާ ތަނެއްގައި ހުރި އެއަރކަންޑިޝަންނަގައި އެތަނުގައި އައު އައަރކަންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
- ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގެ ޑިރެކްޓަރ މީޓިއޮރޮލޮޖީ ރޫމްގައި 01 އެއަރކަންޑިޝަން (BTU 9000 ގެ ވޯލްމައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އަދި މިއޮފީހުން ދައްކާ ތަނެއްގައި ހުރި އެއަރކަންޑިޝަންނަގައި އެތަނުގައި އައު އެއަރކަންޑިޝަންތަށް ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
- އެސްޓިމޭޓް ހުށައަޅުއްވާއިރު، އެއަރ ކޮންޑިޝަންތަކުގެ ރޭޓާއި ހަރުކޮށްދިނުމުގެ އަގާއި ތަކެތި ގެންދިއުމުގެ އަގު އަދި އެސްޓިމޭޓްގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
- ޑެލިވަރ ކޮށްދެވޭނެ މުއްދަތާއި ހަރުކޮށް ނިންމައިދޭނެ މުއްދަތު އެގެން އޮންނަން ވާނެއެވެ.
- އެއަރ ކޮންޑިޝަންތަކަށް މަދުވެގެން 01 އަހަރު ދުވަހުގެ މުއްދަތަކަށް ވޮރަންޓީ ދޭންވާނެއެވެ.
- އެސްޓިމޭޓްއާއިއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަން ވާނެއެވެ.
- ކުންފުނީގެ ޕްރޮފައިލް
- ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފްސީލް
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
- ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
- މިކަމަށް ހޮވޭފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަން ވާނެއެވެ.
ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
ތަފްސީލް |
ޕޮއިންޓް |
Minimum Quoted Price) / (Quoted Price) x 75) |
75 |
|
10 |
ފުރިހަމަ ލިޔުމެއްކަމަށްބެލެވޭނީ، ވޭތުވެދިޔަ 5 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއަދަތު އަދި ތާރީޙް އެންގޭނޭ ގޮތަށް ހުށަހަޅާފައިވާ ލިޔުމަށް އެކަންޏެވެ. |
05 |
|
10 |
ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭގޮތްތައް:
- ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
- ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.