ދިވެހިރާއްޖެ
ނަންބަރު: BAM/IUL/2019/40
އިޢުލާން
ވަޒީފާގެ ފުރުޞަތު
މިއެސޯސިއޭޝަނަށް ތިރީގައި މިދަންނަވާ މަގާމަށް މުއައްޒަފަކު ބޭނުން ވެއްޖެއެވެ.
މަގާމް: |
އެޑްމިން މެނޭޖަރ |
މަޤާމްގެ ބާވަތް |
ދާއިމީ |
ބޭނުންވާ އަދަދު: |
1 |
މުސާރަ އަދި އެލަވަންސް: |
-/12000 ރ (ބާރަ ހާސް ރުފިޔާ) |
މަސައްކަތް ކުރަންޖެހޭ ތަން: |
ބެޑްމިންޓަން އެސޯސިއޭޝަން އޮފީސް، ކުޅިވަރު އެކުވެނި، މާލެ، ދިވެހިރާއްޖެ |
މަސައްކަތުގެ ޑެޑްލައިން: |
1- ގަޑިއަށް އޮފީސް ހުޅުވުމާއި އޮފީސް ނިމުމުން އޮފީސް ބަންދުކުރުން 2- މުއައްޒަފުންގެ ޙާޒިރީބެލުން 3- މެމްބަރޝިޕް ފީބަލައިގަތުމާއި މެމްބަރޝިޕް ކާޑުހެދުން 4- ދުވަހު ޔައުމިއްޔާ އަދި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން 5- ބަލަހައްޓަންޖެހޭ ރެކޯޑްތައް ބެލެހެއްޓުން. 6- އޮފީހަށް އެތެރެވާ ލިޔުންތަށް ދުވަހުންދުވަހަށް އެންޓްރީހަދައި ފައިލްކުރުން 7- އެސޯސިއޭޝަންއިން ހަމަޖައްސާފައިވާ ޑިއުޓީތަކަށް ފަރުވާތެރިކަމާއިއެކު ހާޞިރުވުމަށް ސަމާލުކަންދިނުން 8- ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން އެސޯސިއޭޝަންގެ ރަސްމީ މަސައްކަތާގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން. 9- އިންޑޯ ބެޑްމިންޓަން ހޯލުގެ ކޯޓުތަކާއި ލައިޓް ތަށް ޗެކްކޮށް ރިޕޯޓްކުރުން 10- އެސޯސިއޭޝަންއަށް އެކިކަންކަމު އަންނަ ފަރާތްތަކާ މުޢާމަލާތު ކުރުމުގައި އަދި ފޯނުކޯލްތަކަށް ޖަވާބުދިނުމުގައި އޯގާތެރިކަމާއެކު މުއާމަލާތުކުރުން އަދި އަވަސް ޚިދުމަތް ފޯރުކޮށްދިނުން. 11- އެސޯސިއޭޝަނަށް އަންނަ ސިޓީފަދަ ތަކެތި ބަލަހައްޓާ ދުވަހުން ދުވަހަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅައިގެން އެފަދަ ސިޓީތަކުގެ ޖަވާބު ތައްޔާރުކުރުކޮށް ފޮނުވުން. 12- އެސޯސިއޭޝަންއިން ހިންގާ މުބާރާތްތައް، ޕްރޮގްރާމްތަކާއި ޖަލްސާ ތަކަށް އެހީވުން. 13- އަހަރު ނިމުމުން އޮފީހުގެ ރަސްމީ ފައިލްތަކާ ފޮތްތައް ހުންނަ ކަބަޑުތައް ސާފުކުރުވާ ގިނަ ދުވަސްވީ ފޮތްތަކާ ފައިލްތައް ސްޓޯރ އަށް ބަދަލުކުރުން. |
ފެންވަރު ނުވަތަ ޝަރުތު: |
1- މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ ލެވަލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ 14- 'މަތީ ސާނަވީ ފުރިހަމަކޮށްފައި ވުމާއިއެކު، މަސައްކަތާއިގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޮގަސްޓް 2019 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، ބެޑްމިންޓަން އެސޯސިއޭޝަން އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. 2- |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިއެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv/ އިން ލިބެން ހުންނާނެއެވެ.) 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ 4- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން. 2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. 3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3314057 ނަންބަރު ފޯނާއެވެ.
25 އޮގަސްޓް 2019