ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
އިންވެސްޓިގޭޝަން އޮފިސަރ |
ބޭނުންވާ ޢަދަދު: |
01 |
މަސައްކަތުގެ ބާވަތް: |
- ކުންފުނީގެ ޑިސްޕިއުޓް މައްސަލަތައް ތަޙުޤީގު ކުރުން. - ބަޔާން ނެގުން އަދި އިންވެސްޓިގޭޝަނާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން. - މައްސަލަތައް ތަހުޤީޤުކުރުމަށް އެކަމެއް ހިނގައިދިޔަ ތަނަކަށް ހާޒިރުވެ މައުލޫމާތު ހޯދުން. - އިންވެސްޓިގޭޝަން މަސައްކަތްތައް އެކަށީގެންވާ ޕޮލިސީތަކައި މިންގަނޑުތައް އަދި އިންވެސްޓިގޭޝަން މަސައްކަތުގެ ޕްރޮސެސް އެކުލަވާލުން. - މައްސަލަތަކާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން އަދި އެކަށީގެންވާ ފަރާތްތަކަށް ރިޕޯޓު ހުށައެޅުން. |
ޝަރުތުތައް: |
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 5 އަހަރުދުވަހުގެ ތަޖުރިބާހުރުން. |
މަހު މުސާރަ: |
20،000ރ އާއި 21،000ރ ދެމެދު |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 27 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ޕޮލިސް ރިޕޯޓް އަދި އެޓެސްޓެޑް ސެޓިފިކެޓް ތަކުގެ ކޮޕީ އާއި އެކު އެސް ޓީ އޯ އައިފާން ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައިވާ މި ކުންފުނީގެ ހެޑް އޮފީހަށް ހުޅަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީހުންކަން ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.