ހުވަދޫ ސްކޫލް، ގދ.ފަ ރެސްމާތޮޑާ
ދިވެހިރާއްޖެ
މިސްކޫލަށް ބައެއް އެކިވިޕްމެންޓާއި އަދި ފަރުނީޗަރު ސަޕްލައިކޮށް ދިނުމުގެ އިތުރުން ބައެއްމަރާމާތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • މިސްކޫލަށް ބައެއް އެކިވިޕްމެންޓާއި އަދި ފަރުނީޗަރު ސަޕްލައިކޮށް ދިނުމުގެ އިތުރުން ބައެއްމަރާމާތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ. ވީމާ، މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  • މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 25 އޮގަސްޓް 2019 އިން 01 ސެޕްޓެމްބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 02 ސެޕްޓެމްބަރ 2019 ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 03 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލުގެ އިދާރާގައެވެ.
  • ބިޑް ހުޅުވުން އޮންނާނީ 09 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލުގެ އިދާރާގައެވެ.
  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ހުވަދޫ ސްކޫލް
  • ގދ.ފަރެސްމާތޮޑާ
  • ފޯން:  7983085, 6840070
  • އީ-މެއިލް: [email protected]

                                                                                                                        

25 އޮގަސްޓް 2019
ހޯދާ