ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ތެރޭގައި ހިމެނޭ 20,000 ހައުސިންގ ޔުނިޓްގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ދެއްވަދޫގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން، މި ރަށުން ދޫކޮށްފައިވާ ގޯތިތަކާއި އަދި ހިބައިން ނުވަތަ ވާރިޘުންގެ މެދުގައި ތަރިކަ ބެހުމުން ލިބިފައިވާ ގޯތިތަކުގެ ތެރެއިން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އަތޮޅު ތަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އިމާރާތް ކުރުމާބެހޭ އުޞޫލާއި އެއްގޮތަށް، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތައް ކަނޑައެޅުމަށް ބޭނުންވެއްޖެއެވެ. މި މަޝްރޫޢުގެ ދަށުން ގޯތީގައި ގެ އިމާރާތް ކުރުމަށް އެދޭ ފަރާތްތަކަށް ތިރީގައި މިދަންނަވާ ހައުސިންގ ޔުނިޓް ތަކުގެ ތެރެއިން ކޮންމެވެސް އެއް ހައުސިންގ ޔުނިޓަކަށް އެދެވިދާނެއެވެ.
(ހ) ގޯތީގައި ގެ އިމާރާތް ކުރުމަށް އެދޭ ފަރާތްތަކަށް (ސިންގަލް ސްޓޯރީ/އާދައިގެ ގެ)
(ށ) ގޯތީގައި ގެ އިމާރާތް ކުރުމަށް އެދޭ ފަރާތްތަކަށް (ޓޫ ސްޓޯރީ/ދެބުރި)
މި މަޝްރޫޢުގެ ދަށުން ކޮންމެ ގެއެއް އިޚްތިޔާރު ކުރިކަމުގައި ވިޔަސް އިމާރާތް ކުރެވޭނީ 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެ ހިމެނޭ ގެތައް ކަމުގައި އާއި އަދި ކޮންމެ ގޮތަކަށް އިމާރާތް ކުރި ނަމަވެސް ގެތަކުގެ އިމާރާތް ކުރެވޭ ތަޅުމުގެ ބޮޑު މިނުގެ ގޮތުގައި ހުންނާނީ 900 އަކަފޫޓު ކަމުގައި ދެންނެވީމެވެ. މި މަޝްރޫޢުގެ ދަށުން ގޯތީގައި ގެ އިމާރާތް ކުރުމަށް އެދޭ ފަރާތްތައް ކަނޑައަޅާނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އަތޮޅު ތަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އިމާރާތް ކުރުމާބެހޭ އުޞޫލުގެ 4.3 އާއި އަދި އެ އުޞޫލުގެ 8 ވަނަ ނަންބަރާއި ހަވާލާދީ، "ދިރި އުޅުމަށް ދެއްވަދޫ އިން ދޫކޮށްފައިވާ ގޯތި ތަކުގައި ގެ އެޅުމަށް އެދޭ ފޯމް" ފުރިހަމަކޮށް މި އިޢުލާނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމް ހުށަހަޅާ ފަރާތްތަކުގެ މެދުގައި ޕޮއިންޓް ދިނުމަށް މި އިޢުލާނުގައި ތިރީގައި މި ބަޔާން ކުރާ ޕޮއިންޓް ދިނުމުގެ އުޞޫލާ އެއްގޮތަށް ޕޮއިންޓް ދީގެން އެންމެ ގިނަ ޕޮއިންޓް ލިބޭފަރާތަކަށް އިސްކަންދީގެން މި މަޝްރޫޢުގެ ދަށުން ލިބިފައިވާ ހައުސިންގ ޔުނިޓްގެ ނިސްބަތަށް ބަލައިގެން ކަމުގައި ދެންނެވީމެވެ.
"ދިރި އުޅުމަށް ދެއްވަދޫ އިން ދޫކޮށްފައިވާ ގޯތި ތަކުގައި ގެ އެޅުމަށް އެދޭ ފޯމް" ގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާ އުޞޫލު:
# |
ޕޮއިންޓް ދެވޭ ދާއިރާތައް |
ޕޮއިންޓް |
1 |
ގޯތި ލިބިފައިވާ ފަރާތަކީ، އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ފަރާތެއް ނަމަ |
07 ޕޮއިންޓް |
2 |
ގޯތި ލިބިފައިވާ ފަރާތަކީ، 30 އަހަރުން މަތީ ފަރާތެއް ނަމަ |
10 ޕޮއިންޓް |
3 |
އުމުރުން 18 އަހަރު ނުފުރޭ 1 ނުވަތަ 2 ދަރިން ތިބި ނަމަ |
05 ޕޮއިންޓް |
4 |
އުމުރުން 18 އަހަރު ނުފުރޭ 3 ނުވަތަ 4 ދަރިން ތިބި ނަމަ |
07 ޕޮއިންޓް |
5 |
އުމުރުން 18 އަހަރު ނުފުރޭ 4 ދަރިންނަށްވުރެ ގިނަ ދަރިން ތިބި ނަމަ |
10 ޕޮއިންޓް |
6 |
ޚާއްޞަ އެހީއަށް ބޭނުންވާ މީހެއް ނުވަތަ ކުއްޖަކު ބަލަމުންދާ ފަރާތެއް ނަމަ |
10 ޕޮއިންޓް |
މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކަކީ، ރަށުން ދޫކުރި ގޯތިތަކުގެ ތެރެއިން 1600އަކަފޫޓްގެ ގޯއްޗެއް ލިބިފައިވާ ފަރާތެއް ކަމުގައިވުން ނުވަތަ ހިބައިން، ވާރިޘުންގެ މެދުގައި ތަރިކަ ބަހައިގެން ގޯތިން ބައި ލިބިފައިވާ ފަރާތްތަކުން އެކަމުގެ ޝަރުޢީ ލިއުން ލިބިފައިވާ ފަރާތަކަށް ވުމާއި، އަދި އެފަދަ ފަރާތަކީ ތަޅުމުގެ ބޮޑުމިނުގައި 900 އަކަފޫޓު ހުންނަ ގެއެއް އިމާރާތް ކުރެވޭނެ ޖާގައޮތް ބިމެއް އޮތް ފަރާތެއް ކަމުގައިވާންވާނެއެވެ.
ވީމާ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އަތޮޅު ތަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އިމާރާތް ކުރުމާބެހޭ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތީން ތިމާ އަށް ލިބިފައިވާ ގޯތީގައި، މި މަޝްރޫޢުގެ ދަށުން ގެ އެޅުމަށް އެދޭ ފަރާތްތަކުން މި އަދުން ފެށިގެން، 18 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރީން މިކަމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މިއިދާރާގެ އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި އިދާރާއަށް ވަޑައިގަތުމުން، ނުވަތަ މި އިދާރާގެ ނަންބަރު: 6820023 ފޯނަށް ގުޅުމުން ސާފުކޮށްދެވޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.