ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު
ހއ. ހޯރަފުށި،
ދިވެހިރާއްޖެ.
ނަންބަރު: 03/2019/2C-C6A
އިޢުލާން
ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މިކޯޓުގެ ކޯޓުރޫމާއި، ވެއިޓިންގ އޭރިޔާއަށް ޖާގައިތުރުކޮށް، ޢިމާރާތް މަރާމާތުކުރުމުގެ މަސައްކަތް މިކޯޓުން ދޭ މައުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެމްބަރު 2019 ވަނަ ދުވަހުގެ 13:30 އަށް މިކޯޓަށް ނުވަތަ ހއ.ދިއްދޫ މެޖިސްޓްރޭޓްކޯޓަށްނުވަތަ ހއ.އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 12 ސެޕްޓެމްބަރު 2019
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:30
އަންދާސީ ހިސާބު މިމަސައްކަތުގެ މައުލޫމާތު ހޯދުމަށް ވަޑައިގެންނެވި ކޯޓަށް ހުށަހެޅޭނެއެވެ.
20 ޛުލްޙިއްޖާ 1440
21 އޮގަސްޓް 2019