ދިވެހިރާއްޖެ
ކައްދޫ އެއަރޕޯޓަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިކުންފުނިން ޝާއިޢުކުރި ނަންބަރު: IUL)KACL-KDO/2019/04) އިޢުލާނާ ގުޅިގެން، އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލް ކުރުމަށްފަހު، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކުން 2019 އޮގަސްޓް 27 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމަތު ސާފުކުރެއްވުމަށްފަހު، 2019 ސެޕްޓެމްބަރ 01 ވާ އާދިއްތަ ދުވަހުގެ 13:30 އަށް މިއޮފީހަށް ހާޟިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކުންފުނީގެ 3011734 ނުވަތަ 6800704 ނަމްބަރާއި ގުޅުއްވުން އެދެމެވެ.
23 ޛުލްޙިއްޖާ 1440
24 އޮގަސްޓް 2019
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
މިނިސްޓްރީ އޮފް ޑިފެންސް
އަމީރު އަހުމަދު މަގު
މާލެ / ދިވެހިރާއްޖެ
ފޯން: 3011734
އީމެއިލް: [email protected] ނުވަތަ [email protected]