ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު ދިވެހިރާއްޖެ ނަމްބަރ:331/331/2019/45(IUL)
އިޢުލާން
މިއިދާރާއިން ބަލަހައްޓަމުންގެންދާ ރައްޔިތުންގެ ޢިމާރާތް "ބުރުލުވެހި" އަލުން ޢިމާރާތްކުރަން ބޭނުންވާތީ، އެޢިމާރާތް ޑިޒައިންކޮށް، ބީ.އޯ.ކިއު. ހަދައި ކުރަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިކައުންސިލުން ކުރި ނަމްބަރ:331/331/2019/41(IUL) އިޢުލާން އާއި ގުޅިގެން، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެކަށީގެންވާ ޢަދަދަށް ބޭފުޅުން ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން، 01 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00ގައި މިކައުންސިލްގެ އިދާރާގައި ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.