ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މިއިދާރާގެ ނަންބަރ: (IUL)305-CA305/305/2019/74 އަށް އިޖާބަ ދެއްވާ އެއްވެސް ފަރާތަކުން ކުރިމަތި ލައްވާފައިނުވާތީ، ތިރީގައި މިދަންނަވާ މަގާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނުކުރީމެވެ.
މަޤާމް: |
ޕްރޮޖެކްޓް އޮފިސަރ |
|||||||||||||||||||||||||||||||||
މަޤާމުގެ ނަންބަރު: |
J-266300 |
|||||||||||||||||||||||||||||||||
ބޭނުންވާ އަދަދު: |
1 (އެކެއް) |
|||||||||||||||||||||||||||||||||
މަޤާމުގެ ގިންތި |
ދާއިމީ |
|||||||||||||||||||||||||||||||||
މަޤާމުގެ ރޭންކް: |
އެމް.އެސް. 1 |
|||||||||||||||||||||||||||||||||
މަޤާމުގެ ކުލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|||||||||||||||||||||||||||||||||
ވަޒީފާ އަދާކުރަންޖެހޭ ތަން |
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ |
|||||||||||||||||||||||||||||||||
ސެކްޝަން |
އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓު (ޔުނިޓް އޭ) |
|||||||||||||||||||||||||||||||||
މުސާރަ |
މަހަކު -/5610 ރުފިޔާ |
|||||||||||||||||||||||||||||||||
ސަރވިސް އެލަވަންސް |
މަހަކު -/2000 ރުފިޔާ |
|||||||||||||||||||||||||||||||||
ސަޕޯޓިންގ ކޯ އެލަވަންސް 2 |
މަހަކު -/700 ރުފިޔާ |
|||||||||||||||||||||||||||||||||
އެހެނިހެން އެލަވަންސް |
1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް. 2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. |
|||||||||||||||||||||||||||||||||
|
|
|||||||||||||||||||||||||||||||||
މަޤާމުގެމަސްޢޫލިއްޔަތުތަކާއި ވާޖިބުތައް: |
24. ކައުންސިލްގެ އަހަރީ ރިޕޯޓާއި މަސްދުވަހުގެ ރިޕޯޓުތައް ތައްޔާރުކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން ދޭންޖެހޭ މަޢުލޫމާތުތައް ދިނުމާއި، މަސައްކަތާއި ގުޅިގެން ހަދަންޖެހޭ ރިޕޯޓުތައްހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 25. ދިވެހި ސިވިލް ސަރވިސް ޤާނޫނާއި ޤަވާޢިދާއި އުޞޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނުނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލަރުންނާއި އެހެނިހެން ވެރިން އަންގަވާ މަސައްކަތްތައް ކުރުމާއި ރަށުގެ އިޖްތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުން 26. ކައުންސިލް އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ކަންތައްތައް ބެލެހެއްޓުމާއި ކައުންސިލާއި ޒިންމާދާރު ވެރިޔާއާއި ނުވަތަ ޔުނިޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތުން އައްޔަނުކުރާ މިނޫން ކޮމިޓީތަކުގައި ބައިވެރިވެ ކޮމިޓީގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން 27. ވަޒީފާގެ މަސްޢޫލިއްޔަތާއި ގުޅިގެން، ޔުނިޓު ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތުން ނުވަތަ ޒިންމާދާރު ވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުމާއި، ކައުންސިލް އިދާރާގެ އެހެން މުވައްޒަފަކު ޗުއްޓީގައި ހުރުމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ޙާޟިރުނު ނުވެވޭ ގޮތް ދިމާވެއްޖެނަމަ ޔުނިޓުގެ އިންޗާޖް ނުވަތަ ޒިންމާދާރު ވެރިޔާ ހަމަޖައްސަވާ ގޮތެއްގެ މަތިން އެމުވައްޒަފެއްގެ މަސައްކަތް ކުރުން. 28. ކައުންސިލްގެ އިދާރާއިން އިސްނަގައިގެން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، މުނާސަބަތު ދުވަސްތައް ފާހަގަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އިޖްތިމާޢީ ގޮތުން ކުރެވޭ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން. 29. ރަށަށް ދިމާވާ ކުއްލި ނުރައްކަލުގެ ވަގުތު ތަކުގައި އަދި ކައުންސިލް އިދާރާއަށް ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާލަތްތަކުގައި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލް އިދާރާއިން ނިންމަވާ އުސޫލެއްގެ މަތިން ސްޕަވައިޒަރުގެ ލަފަޔާ މަޝްވަރާގެ މަތިން މަސައްކަތުގައި ކެތްތެރިކަމާއި އެކު ހަރަކާތްތެރިވުން. |
|||||||||||||||||||||||||||||||||
މަޤާމުގެ ޝަރުޠުތައް: |
ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ނުވަތަ ޕްރޮޖެކްޓު މެނޭޖުމަންޓު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
|||||||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ 8. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޯށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
|||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓު: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހުންގެ ކްރެޓީރިއާގެ ހުރިހައި ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ: %45(ސާޅިސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. |
|||||||||||||||||||||||||||||||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] ނުވަތަ [email protected] އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|||||||||||||||||||||||||||||||||
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 04 ސެޕްޓެމްބަރ 2019 އާއި 15 ސެޕްޓެމްބަރ 2019 އާއި ދެމެދު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލް އިދާރާގައެވެ. |
|||||||||||||||||||||||||||||||||
ޝޯޓު ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، އެފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
|||||||||||||||||||||||||||||||||
އިތުރު މަޢުލޫމާތު ހޯދުން |
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580015 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
21 ޛުލްޙިއްޖާ 1440