ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ގއ.އަތޮޅު ހޮސްޕިޓަލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއްޖެ.

                                               ނަންބަރު:  IUL)GAAH/GAAH/2019/10 )  

އިޢުލާން

  މިހޮސްޕިޓަލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއްޖެ.

މި ހޮސްޕިޓަލަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެ.

 

03 ކޮމްޕިއުޓަރ ސިސްޓަމް

02 ފިންގަރ ޕްރިންޓް މެޝިން

06 ފޯން

04 އެގްޒެކެޓިވް ޗެއަރ

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އޮގަސްޓް 2019 ވަނަ ދުވަހުގެ 14:00 އަށް ގއ.އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 14:00 އަށް ގއ.އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ..

މިހެންވެ މިކަން އާންމުކޮށް  އަންގާ އިޢުލާންކުރީމެވެ.          

                     22 އޮގަސްޓް 2019 / 21 ޛުލްޙިއްޖާ 1440              

22 އޮގަސްޓް 2019
ހޯދާ