ދިވެހިރާއްޖެ
ރަތަފަންދޫ ވިޔަފާރި ސަރަހައްދުގެ ބާޒާރު ގޯޅިއާއި މެރިންރޯޑާއި ދެމެދު އޮތް 8 ވިޔަފާރި ބިމާއި، އަތިރިމަތިން ޖެޓީ ސަރަޙައްދުގައި އޮތް 2 ނަމްބަރު ތެޔޮބިން 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީބޭނުންވެފައެވެ.
ވީމާ، މިބިންތައް ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 03 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ހެދުނު 10:30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަންބޭނުން ފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަމްބަރ : 6840016 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ.
# |
ބިމުގެ ނަމްބަރ |
ބިމުގެ ބޮޑުމިން |
ދުކުރެވޭ އެންމެ ކުޑަކުލި(މަހަކު) |
1 |
ވިޔަފާރި ސަރަހައްދު ގެ 1 ނަމްބަރ ބިން |
2000 އަކަފޫޓް |
1500.00 ރުފިޔާ |
2 |
ވިޔަފާރި ސަރަހައްދު ގެ 2 ނަމްބަރ ބިން |
2000 އަކަފޫޓް |
1500.00 ރުފިޔާ |
3 |
ވިޔަފާރި ސަރަހައްދު ގެ 3 ނަމްބަރ ބިން |
2000 އަކަފޫޓް |
1500.00 ރުފިޔާ |
4 |
ވިޔަފާރި ސަރަހައްދު ގެ 4 ނަމްބަރ ބިން |
1000 އަކަފޫޓް |
1000.00 ރުފިޔާ |
5 |
ވިޔަފާރި ސަރަހައްދު ގެ 5 ނަމްބަރ ބިން |
1000 އަކަފޫޓް |
1000.00 ރުފިޔާ |
6 |
ވިޔަފާރި ސަރަހައްދު ގެ 6 ނަމްބަރ ބިން |
2000 އަކަފޫޓް |
1500.00 ރުފިޔާ |
7 |
ވިޔަފާރި ސަރަހައްދު ގެ 7 ނަމްބަރ ބިން |
2000 އަކަފޫޓް |
1500.00 ރުފިޔާ |
8 |
ވިޔަފާރި ސަރަހައްދު ގެ 8 ނަމްބަރ ބިން |
2000 އަކަފޫޓް |
1500.00 ރުފިޔާ |
9 |
ޖެޓީ ސަރަހައްދު 2 ނަމްބަރ ތެޔޮބިން |
800 އަކަފޫޓް |
800.00 ރުފިޔާ |
- ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފްސީލް
1 ނަމްބަރު ބިން: 25×25 ، އުސް 10 ފޫޓުގެ އިމާރާތެއް ކުރުމަށް ރާނާފައިހުރި
2 ނަމްބަރު ބިން: 40×50 ، އުސް 11 ފޫޓުގެ އިމާރާތެއް ކުރުމަށް ރާނާފައި މަތީގައި 6 އިންޗް ފުޅާ ބެރިއެއް އަޅާފައި.
3-8 ނަމްބަރު ބިން: އިމާރާތެއް ކޮށްފައެއްނުވޭ
2 ނަމްބަރ ތެޔޮބިން ވަށާ އިންފާރު އެޅިގަލުން 6 އިންޗިއަށް ރާނާފައި
އިސްވެ ދެންނެވުނު ބިންތަކަށް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބިންތަރައްޤީ ކުރުމަށް ގަސްތުކޮށްފައިވާގޮތާއި ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި ހުށަހަޅުއްވަން ވާނެއެވެ.
- އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭނެ ކަންތައްތައް
1-އިންޖީނުފަދަތަކެތި މަރާމާތު ކުރުމުގެ މަސައްކަތް
2- އަޑުގަދަ މެޝިނަރީ ތަކުގެ ބޭނުންކުރުން
3- ވޯކްޝޮޕް ފަދަތަންތަން ހިންގުމާއި ތެލުގެ ވިޔަފާރިކުރުން
- ބިންތަރައްގީކުރުން
މަތީގައި ބަޔާންކުރެވިފައިވާ ބިންތަކުގެ ތެރެއިން ބިމެއް ކުއްޔަށް ހިފާ ފަރާތަކުން ބިންކުއްޔަށް ހިފާތާ 18 މަސްދުވަހުގެ ތެރޭ ބިމުގެ ވަށާއިންފާރު ރޭނުމަށްޓަކާ އަޅަންޖެހޭ ފައުންޑޭޝަންއަޅާ ނިންމަންޖެހެއެވެ. އަދި ފުރަތަމަ 5 އަހަރު ދުވަހުގެތެރޭ ½3 ފޫޓު އުސްމިނަށް ރަނގަޅު ފެންވަރަކަށް ފާރު ރާނާ ނިންމަންޖެހޭނެއެވެ.
- ތަނުގެ ޚިދުމަތްދޭން ފެށުން
ލަސްވެގެން 1 އަހަރުދުވަހުގެތެރޭގައި ތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ވާނެއެވެ.
- ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން
ބިންކުއްޔަށް ހިފިފަރާތުން 18 މަސްދުވަސް ނުވަނީސް ބިންދޫކޮށްލާނަމަ 6 މަސް ދުވަހުގެ ކުލި ކައުންސިލަށް ދައްކަންޖެހޭނެއެވެ.
- ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް
1- ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަފަރާތެއް ނަމަ އައިޑީކާޑުގެ ކޮޕީ
2-ކޮމްޕެނީ ޕްރޮފައިލް
- މިއިދާރާއިން ބަލާނެ ކަންތައްތައް
1- ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟
- މާކްސް ދެވޭގޮތުގެ ތަފްސީލު:
މާރކްސްދެވޭނެ ކްރައިޓީރިއާ |
މާރކްސެދެވޭގޮތް |
ތަފްޞީލް |
ހުށަހަޅަ މަހުކުއްޔަށް |
60% |
ހުށަހަޅާ މަހުކުއްޔަށް ދެވޭ މާރކްސް v މިމާރކްސްދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާރކް އެއްކަމުގައި ބަލައިގެން ކަޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.
|
ބިންތަރައްޤީކުރުމަށް ގޯތީގެ ވަށާއިންފާރުރޭނުން |
20% |
ބިމުގެ ވަށާ އިންފާރު 2 ފޫޓް އުސްމިނަށް ރޭނުން v މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން އިންފާރު ރޭނުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗް މާކެއްކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ. |
ތަނުގެ ޚިދުމަތް ދޭންފަށާ މުއްދަތު |
20% |
ތަނުގެ ޚިދުމަތް ދޭންފަށާ މުއްދަތު v މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭ ޝަން އިން ފާސްވާ ފަރާތްތަކުން ތަނުގެ ޚިދުމަތްދޭން ފެށުމަށް ހުށަހަޅައިފައިވާ އެންމެކުޑަ މުއްދަތަކީ ބެންޗް މާރކު ކަމަށްބަލައިގެން ކަޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަށެވެ . |