މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ނަންބަރު
|
J-275710
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމުގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
ޖީ.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
ޑިވިޝަން / ސެކްޝަން
|
ށ. ނަރުދޫ ޞިއްޙީމަރުކަޒު
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ށ. ނަރުދޫ ޞިއްޙީމަރުކަޒު
|
މުސާރަ
|
-/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/1500 ރުފިޔާ
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
- ސަޕޯޓިން ކޯ އެލަވެންސް 2 : -/700
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ރަސްމީގަޑީގައި އޮފީސް ހުޅުވަންޖެހޭ ގަޑިއަށް އޮފީސް ހުޅުވުމާއި ލެއްޕުން
- މުވައްޒަފުންގެ ރަޖިސްޓްރީތައް ބެލެހެއްޓުން
- މުވައްޒަފުންގެ ޙާޟިރީ ކަންތައްތައް ބެލެހެއްޓުމުގެ ކަންތަކުގައި އެހީތެރިވުން
- އިދާރީ މުވައްޒަފުންގެ މަސައްކަތް ކުރެވެމުންދާގޮތް ބަލައި، ސްޕަވައިޒްކުރުން. އަދި ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންތައްތައް ނިންމުމަށް ބާރުއަޅާ އެހީތެރިވުން
- މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުން
- މުވައްޒަފުންނަށް އަންގަންޖެހޭ ލިޔުންތައް އިސްވެރިޔާގެ ލަފާގެމަތިން އެންގުމާއި، ވަޒީފާ އަދާކުރުމުގައި ފަރުވާ ކުޑަކުރާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތަށް އިސްވެރިޔާގެ ލަފާގެމަތިން އަންގަންވާ ފަރާތްތަކަށް އެންގުން
- ޞިއްޙީމަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ޗުއްޓީއަށް އެދުމުން އެކަން ކަމާބެހޭ ފަރާތުގައި ދެންނެވުމާއި ލީވްއެޕްރުއަލް ހޯދުމަށް މަސައްކަތްކުރުން
- ޞިއްޙީމަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްސަލަތައް ހޮސްޕިޓަލަށް ހުށަހެޅުމާއި، ކޮންޓްެރެކްޓް ހޯދުމުގެ މަސައްކަތް ހޮސްޕިޓަލާއި ގުޅިގެން ކުރުން.
- ޞިއްޙީމަރުކަޒުގެ މަރާމާތުކުރަންޖެހޭތަކެތި މަރާމާތުތަކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތްބަލައި އެކަންކުރެވޭނެ އިންތިޒާމް އިސްވެރިޔާގެ ލަފާގެ މަތިންހަމަޖައްސަދިނުން
- ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރާ ޓީމުތަކުގެ މެހެމާންދާރީގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް އެކަންތައް ކުރިއަށް ގެންދިއުމަށް ބާރުއަޅާ އެހީތެރިވުން
- ޞިއްޙީމަރުކަޒުން އެކިއެކި ފަރާތްތަކަށް ފޮނުވޭ ލިޔެކިއުންތަކާއި، ޞިއްޙީމަރުކަޒަށް އެކިއެކި ފަރާތްތަކުންލިބޭ ލިޔެކިއުންތަށް ހަރުދަނާ ގޮތެށްގެމަތިން ފައިލް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އެކަންކުރިއަށްދާގޮތް ބެލުން އަދި ފައިލް ކުރުމުގައި އެހީތެރިވުން
- ޞިއްޙީމަރުކަޒުތަކުން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމުގެ މަސައްކަތް ކުރުން
- ޞިއްޙީމަރުކަޒަށް ބެނުންވާ ތަކެތި ހޯދުން އަދި ތަކެތި ބެލެހެއްޓުން
- ޞިއްޙީމަރުކަޒުގެ ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރުކުރުން
- ޙާޟިރީ ރިޕޯރޓް ތައްޔާރުކުރުން
- އާންމުންނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމާތުތަކާއި، ޤަވާއިދުތަށް އާންމުންނަށް ފެންނާނެހެ ޞިއްޙީމަރުކަޒު ނޯޓިސްބޯރޑްގައި ބެހެއްޓުން
- ޕާފޯމަންސް އެޕްރައިސަލްގެ މަސައްކަތްތަށްކުރުން
- މުވައްޒިފުންގެ ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުމާއި ޗުއްޓީ ރެކޯޑްތައް ބެލެހެއްޓުން
- މުވައްޒަފުންގެ ޕޭލީވް ، ނޯޕޭލީވް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
- އޮފީހަށް އަންނަ އެންމެހާ ލިޔުންތައް އެންޓްރީ ކުރުން
- މެޑިކަލް އިންޝުރެންސްގެ ބިލް ތައް ތައްޔާރުކޮއް އާސަންދަ ޕުރައިވެޓް ލިމިޓެޑްއަށް ޞިއްޙީމަރުކަޒުގެ އިންވޮއިސް އާއެކު ފޮނުވުން
- ޞިއްޙީމަރުކަޒަށް ލިބޭ ބިލްތައް އެންޓްރީކުރުމާއި ބިލް ދައްކަމުން ގެންދިއުން
- މުވައްޒަފުންނަށް މުސާރަ ދިނުމަށްތަކައި ލިޔެނިންމަންޖެހޭ ލިޔުންތަށް ނިންމުމާއި، މުސާރަ ދިނުމާއި، މުވައްޒަފުނަށް ދޭންޖެހޭ އެހެނިހެން އެލަވަންސްތައް ދެމުން ގެންދިޔުން
- އާމްދަނީގެ ގޮތުގައި ލިބޭފައިސާ ބަލައިގަތުމާއި،ޖަމާކުރުން އަދި ލިޔެކިޔުންތައް ބެލެހެއްޓުން
- ތިޖޫރީގެ ހިސާބު ބެލެހެއްޓުން
- ބަޖެޓާއި ގުޅުންހުރި ހުރިހާ މަސައްކަތަކާއި، ލިޔެކިޔުން ބެލެހެއްޓުން
|
މަޤާމުގެ ޝަރުތުތައް
|
ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއި އެކު، އޭގެއިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ށ. ނަރުދޫ ޞިއްޙީމަރުޒުގެ އޮފީހުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ށ. ނަރުދޫ ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު
|
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 08 ސެޕްޓެމްބަރު 2019 އާއި 23 ސެޕްޓެމްބަރު 2019 އާއި ދެމެދު، ށ.ނަރުދޫ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6540050 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] ނުވަތަ [email protected] އަށެވެ.
|