ދިވެހިރާއްޖެ
ވ.އަތޮޅު ސްޓޭޓްހައުސް މަރާމާތުކުރުން
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މި އަތޮޅުގެ ސްޓޭޓްހައުސް މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 02 ވާ ހޯމަ ދުވަހުގެ 13:00އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ސެޕްޓެމްބަރ 08 ވާ އާދީއްތަ ދުވަހުގެ 13:00އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 2019 ސެޕްޓެމްބަރ 08 ވާ އާދީއްތަ ދުވަހުގެ 13:00ގައި އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ޙާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކަށް މާރކްސް ނުދެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެބޭފުޅެއްގެ އައިޑީ.ކާޑުގެ ގެންނެވުން އެދެމެވެ.
|
އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާ: |
|
|
މަސައްކަތުގެ އަގު (އެކަށީގެންވާ އެންމެ ކުޑަ އަގަށް) |
50 ޕޮއިންޓް |
|
މަސައްކަތު ތަޖުރިބާ/ ފަންނީ ޤާބިލްކަން (ހުށަހަޅާ ލިޔުންތަކަށް ބަލާފައި) |
20 ޕޮއިންޓް |
|
މާލީ ގާބިލުކަން |
15 ޕޮއިންޓް |
|
މަސައްކަތުގެ މުއްދަތު (އެންމެ ކުރު މުއްދަތަށް) |
15 ޕޮއިންޓް |
|
ޖުމްލަ |
100 ޕޮއިންޓް |
އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
|
1 |
އަމިއްލަ ފަރުދަކު އަންދާސީ ހިސާބު ހުށަހަޅާނަމަ، ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. |
|
2 |
ވިޔަފާރި/ ކުންފުންޏެއްނަމަ މުއްދަތު ހަމަނުވާ ވިޔަފާރި/ ކުންފުނި ރަޖިސްޓްރީ ކޮޕީ. |
|
3 |
އަމިއްލަ ފަރުދެއްނަމަ ވަނަވަރު (ސީވީ) ނުވަތަ ކުންފުންޏެއް ނަމަ، ކުންފުނީގެ ޕްރޮފައިލް ( ޕްރޮފައިލްގައި ކުންފުނީގެ ތަޢާރަފް، މަޤްޞަދު، އޮނިގަނޑު، މާލީ ޤާބިލްކަން، ކުރަމުންދާ އަދި ކޮށްފައިވާ މަސައްކަތްތައް ) |
|
4 |
ވިޔަފާރި/ ކުންފުންޏެއްނަމަ ޖީ.އެސް.ޓީ ނުވަތަ ބީ.ޕީ.ޓީ ރަޖިސްޓްރީ ސެޓްފިކެޓް ކޮޕީ. |
|
5 |
ކުންފުންޏެއްނަމަ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީ. |
|
6 |
މީގެކުރިން ސަރުކާރަށާއި އަމިއްލަ ފަރާތްތަކަށް ފޯރުކޮށްދީފައިވާ މިފަދަ ޚިދުމަތެއް ވާނަމަ އެކަން ސާބިތުކޮށްދޭ ލިޔުންތައް. ( ރިފަރެންސް ލެޓަރ ހުށަހެޅުއްވުމުގައި ފާއިތުވި 5 އަހަރުދުވަހު ތެރޭގައި ފުރިހަމަކޮށްފައިވާ މަސައްކަތްތަކުގެ 5 ލިޔުމަށްވުރެ ގިނަނޫން ޢަދަދަކަށް ލިޔުން ހުށަހެޅުއްވިދާނެއެވެ. ލިޔުންތައް ހުށަނާޅާ ފަރާތްތަކަށް ތަޖުރިބާ ބަޔަށް ޕޮއިންޓް ނުދެވޭނެއެވެ. މަސައްކަތް ހަވާލު ކުރިކަމުގެ އެއްބަސްވުންތައް ތަޖުރިބާގެ ގޮތިގައި ނުބެލެވޭނެއެވެ. ) |
|
7 |
ޢިމާރާތް ކުރުމާއި، ޢިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުމަށް ބިޑުހުށަހަޅާނަމަ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން. |
|
8 |
މީރާއަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަމުގެ ލިޔުން. |
22 އޮގަސްޓް 2019
